ސަރުކާރުގެ އިންވެސްޓްމަންޓަށް ފަހި ފިޔަވަޅުތަކަށް ޓައުންޝިޕް ހަދާ ކުންފުނީގެ ތައުރީފު

މި މަޝްރޫއު ހިންގާ ކުންފުނީގެ ސީއީއޯ ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރުން ދޭ އެއްބާރުލުމާއެކު އިތުރު އިންވެސްޓްމަންޠްތަކެއް ރާއްޖެ އަންނާނެކަމުގެ ޔަގީންކަން އެބައޮތެވެ.

ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގާ ކުންފުނީގެ ސީއީއޯ ޕެޓާރް ކްރިސްޓިކް މިއަދު ވާހަކަ ދައްކަވަނީ

ދިވެހ ސަރުކާރުން ގެންގުޅޭ ވިޔަފާރިއާ އެއްކޮޅު- ފަހި - ފިޔަވަޅުތަކަށް ރާއްޖޭގެ ތާރީހުގައި ހަދާ ފުރަތަމަ އެސްއީޒެޑް، ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގާ ކުންފުނިން ތައުރީފުކޮށްފި އެވެ. 

"އައިލާ" ގެ ނަމުގައި ނ. އަތޮޅުގައި ހިންގާ 750 މިލިއަން ޑޮލަރުގެ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓްގެ އިންވެސްޓަރުނާއެކު މިއަދު ސޮއިކުރަން އިކޮނޮމިކް މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މި ބޮޑު އިންވެސްޓްމަންޓް ހަދާ ކުންފުނީގެ ސީއީއޯ ޕެޓާރް ކްރިސްޓިކް ވިދާޅުވީ މި ބިޔަ އަދި ގާނޫނީ ގޮތުން ގިނަ މަސައްކަތްތަކެއް ފުރިހަމަ ކުރަން ޖެހޭ މަޝްރޫއު ކާމިޔާބު ވެގެން ދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި ކަމަށްޓަކައި ދެއްވި އެއްބާރުލުމުންނެވެ. އަދި ރާއްޖޭގައި ހަދާ ފުރަތަމަ ސަސްޓޭޓަބަލް ޓައުންޝިޕް މަޝްރޫ އަށް "އާއިލާ ޓައުންޝިޕް" މަޝްރޫއުވުމަކީ އުފަލެއް ކަމަށާ މިއާއެކު އިތުރު އިންވެސްޓްމަންޓްތައް އަންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"ރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ އިންވެސްޓަރެއްގެ ހައިސިއްޔަތުން ސަރުކާރުން ގެންގުޅޭ ވިޔަފާރިއަށް ފަހި އެޕްރޯޗު ފާހަގަ ކުރަން. އެހެންވެ ފުރިހަމަ އިތުބާރު އެބައޮތް ދިވެހިރާއްޖެއަކީ ފޮރިން އިންވެސްޓްމަންޓު އަންނަ ގައުމަކަށް ވެގެންދާނެ ކަމަށް،" ކްރިސްޓިކް ވިދާޅުވި އެވެ. 

މި ރަސްމިއްޔާތުގައި މުޙައްމަދު ސަޢީދު ވިދާޅުވީ، މި މަޝްރޫއު ކުރިއަށްގެންދިއުމަށް އިންވެސްޓަރުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންގޮސް ގިނަ ކަންތައްތަކެއް ދަސްވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި ޓައުންޝިޕް މަޝްރޫޢަކީ ރާއްޖޭގެ އިގްތިސޯދު އައު ހަރުފަތަކަށް ގެންދިއުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއަކަށް ވެގެންދާނެ އެވެ. 

ސަސްޓެއިނަބްލް ޓައުންޝިޕް މަޝްރޫއު - މިއީ  ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓެއް ހިމެނޭ ގޮތަށް އަދި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ގޮތަށް އަދި ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކާ އެކު މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ހިމެނޭ މަޝްރޫއުތަކެކެވެ. 

ސަރުކާރުން ކަނޑައަޅާފައިވާ ތާރީހާ އެއްގޮތަށް، 2028 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމުމަށެވެ. ނ. އަތޮޅުގައި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވާއިރު، މި މަޝްރޫއު ކުރިއަށްގެންދާނީ އެ އަތޮޅުގެ ދިގުފަރު ފަޅާއި ދެކުނުފަރު އަދި ކުރަމާދޫގަ އެވެ. މި ސަސްޓެއިނަބުލް ޓައުންޝިޕްގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ލަގްޒަރީ ހޮސްޕިޓާލިޓީ އާއެކު، އިގުތިސާދީ އިޖުތިމާއީ އެހެން ދާއިރާތަކަށް ހާއްސަ ވަސީލަތްތައް ވެސް ގާއިމްކުރާނެ އެވެ. އޭގެ ތެރޭގައި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި ޓޫރިޒަމަށް މީހުން ތަމްރީނުކުރާ މަރުކަޒަކާއި ޒަމާނީ ފެންވަރަށް ދަނޑުވެރި ކަމާއި އެކުއާ ކަލްޗާގެ މަސައްކަތް ކުރާ ނިޒާމުތައް ހިމެނޭނެ އެވެ. އަދި ދަނޑުވެރިކަމާއި އެކުއާކަލްޗާގެ މަސައްކަތް އެ ތަނުގައި ކުރާނީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް އަމާޒު ކޮށްގެންނެވެ.

ސަސްޓެއިނަބުލް ޓައުންޝިޕްގައި ހުންނާނެ ވަސީލަތްތައް

  •  ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތަކާއެކު އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއް ނުވަތަ ލަގްޒަރީ ޓޫރިޒަމް އަދި ރިއަލްއެސްޓޭޓް ޑިވެލޮޕްމެންޓް ޒޯންތައް
  •  ޓޫރިޒަމް ދާއިރާއިން މީހުން ތަމްރީނުކުރާ ބައިނަލް އަގުވާމީ ފެންވަރުގެ މަރުކަޒުތައް
  •  ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލްތައް
  •  ކުނި މެނޭޖްކުރާ ސެލްފް ސަފިޝަންޓް އިންފްރާސްޓްރަކްޗާ
  •  ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއާ ކަލްޗާ ވަސީލަތެއް
  •  މީހުން ދިރިއުޅެން ހާއްސަ ތަންތަން (ފްލެޓާއި ރޯހައުސް ފަދަ ތަންތަން)
  •  ދިރިއުޅޭ އާބާދީއަށް ބޭނުންވާ ތައުލީމީ މަރުކަޒުތަކާއި މުނިފޫހިފިލުވުމުގެ ވަސީލަތް

ސަރުކާރުން ސަސްޓެއިނަބުލް ޓައުންޝިޕް މަޝްރޫއަކަށް ގޮސްފައިވަނީ މިކަމަށް ގާނޫނު ބަދަލު ގެނެސްގެންނެވެ. އެސްއީޒެޑް ގާނޫނަށް އެންމެފަހުން ގެނައި ބަދަލާއެކު، އިންވެސްޓަރުން އެޓްރެކްޓްކުރަން ގިނަ ބަދަލުތަކެއް ގެނެސްފައިވެ އެވެ. މިގޮތުން ޓެކްސް އިޢުތިރާފު ކުރުމާއި ތަރައްގީ ކުރަން ގެންނަ މުދަލު ޑިއުޓީ މައާފު ކުރުން މި ސަހަރުގައި އެމީހުންގެ ގެދޮރު އެޅުމުގެ ބާރު ލިބިދިނުން ފަދަ ބަދަލުތައް ހިމެނެ އެވެ. މިފަދަ މަޝްރޫއުތަކަކީ 500 މިލިއަން ޑޮލަރަށްވުރެ ބޮޑެތި މަޝްރޫއުތަކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.