ނޫނު ޓައުންޝިޕް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށް، ހުއްދަ ދޫކޮށްފި

އެސްއީޒެޑް ގާނޫނަށް މި ފަހުން ގެނައި އިސްލާހުގެ ދަށުން ހަދާ ފުރަތަމަ ޓައުންޝިޕަށް ހުއްދަ ދިން ކްރިސްޓަލް ހޯލްޑިންގްސް އާއެކު އެއްބަސްވުމުގައި ސޮއިކުރީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަސްޓެއިނަބަލް ޓައުންޝިޕެއް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ. --ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަސްޓެއިނަބަލް ޓައުންޝިޕެއް ހަދަން، 790 މިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓު ކުރިއަށް ގެންދިޔުމުގެ އެއްބަސްވުމުގައި ސޮއިކޮށް، ރަސްމީކޮށް ހުއްދަ ދޫކޮށްފި އެވެ. 

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނަށް މި ފަހުން ގެނައި އިސްލާހުގެ ދަށުން ހަދާ ފުރަތަމަ ޓައުންޝިޕަށް ހުއްދަ ދިން ކްރިސްޓަލް ހޯލްޑިންގްސް އާއެކު އެއްބަސްވުމުގައި ސޮއިކުރީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. 

ސަސްޓެއިނަބްލް ޓައުންޝިޕަކީ ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓެއް ހިމެނޭ ގޮތަށް އަދި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ގޮތަށް އަދި ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކާ އެކު މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ހިމެނޭ މަޝްރޫއުތަކެކެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ތާރީހާ އެއްގޮތަށް، 2028 ވަނަ އަހަރު ނިމުމުގެ ކުރިން، މި މަޝްރޫއު ނިންމާނެކަމުގެ ޔަގީންކަން ކްރިސްޓަލް ހޯލްޑިންގްސްގެ ސީއީއޯ މިއަދު ދެއްވި އެވެ. 

ނ. އަތޮޅުގައި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވާއިރު، މި މަޝްރޫއު ކުރިއަށްގެންދާނީ އެ އަތޮޅުގެ ދިގުފަރު ފަޅާއި ދެކުނުފަރު އަދި ކުރަމާދޫގަ އެވެ.

މި ސަސްޓެއިނަބުލް ޓައުންޝިޕްގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ލަގްޒަރީ ހޮސްޕިޓާލިޓީ އާއެކު، އިގުތިސާދީ އިޖުތިމާއީ އެހެން ދާއިރާތަކަށް ހާއްސަ ވަސީލަތްތައް ވެސް ގާއިމްކުރާނެ އެވެ.

އޭގެ ތެރޭގައި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި ޓޫރިޒަމަށް މީހުން ތަމްރީނުކުރާ މަރުކަޒަކާއި ޒަމާނީ ފެންވަރަށް ދަނޑުވެރި ކަމާއި އެކުއާ ކަލްޗާގެ މަސައްކަތް ކުރާ ނިޒާމުތައް ހިމެނޭނެ އެވެ. އަދި ދަނޑުވެރިކަމާއި އެކުއާކަލްޗާގެ މަސައްކަތް އެ ތަނުގައި ކުރާނީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް އަމާޒު ކޮށްގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.