ލޯނު ދޫކުރާ އުމުރު މަތި ކުރުމަކީ ރައީސްގެ އެދިވަޑައިގަތުމެއް

ރައީސް ވިދާޅުވީ މިހާރު ދިވެހިންގެ އެވްރެޖު އުމުރު 80 އަށް މަތިވެފައިވާތީ ފައިނޭންސް ދޫކުރާ އުމުރު މަތި ކުރަން އެދިވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓް ބައްދަލުުވުމެއްގައި -- ރައީސް އޮފީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރާ އުމުރުގެ ލިމިޓް 75 އަހަރަށް ނުވަތަ އެއަށްވުރެ މަތިކޮށް ދިނުމަށް ސަރުކާރުން އެ ބޭންކުގައި އެދިފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

1991 ވަނަ އަހަރުން ފެށިގެން އަމިއްލަ ވޯކްޝޮޕެއް ހިންގަމުން އަންނަ މީހަކު ވަނީ ރައީސް އަރިހުގައި ޝަކުވާކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި އަމިއްލަ ގެ އަޅަންވެގެން ލޯނެއް ހޯދަން ބެލިއިރު ލޯނު ދޫކުރާ އުމުރު ކަމަށްވާ 60 އަހަރަށްވުރެ އޭނާގެ އުމުރު މަތިވެފައިވާތީ ލޯނު ލިބޭގޮތެއް ނުވި އެވެ. އަދި ދަރިން ތައުލީމު ހާސިލުކުރުމަށާއި އެހެނިހެން ކަންކަމަށް ލޯނު ނަގާފައި ހުރުމުގެ ސަބަބުން އެކަމުގައި ދަރިންނަށްވެސް އެހީތެރިވެވެން ނެތް ކަމަށް އޭނާ ބުންޏެވެ.

މި ޝަކުވާއާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދިވެހިންގެ ދިރިއުޅުމުގެ އުންމީދީ އުމުރު ކުރިއަށްވުރެ މިހާރު މަތިވެފައިވާ ކަމަށެވެ. އެހެންކަމުން ލޯނު ދޫކުރުމުގައި 60 އަހަރަކީ މިހާރު އެންމެ އެކަށީގެންވާ އުމުރު ކަމަށް ފެނިވަޑައިނުގަންނަވާތީ އެ އުމުރުފުރާ މަތިކޮށްދިނުމަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ބީއެމްއެލްގައި މިހާރު އެދިވަޑައިގެންފައިވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި މިހާރުގެ ގޮަތަށް އުމުރު ފުރާ އޮތް ސަބަބަކީ އޭގައިވެފައި އޮތް ގޮތަކީ ތަންކޮޅެއް ކުރިން ރާއްޖޭގެ އެވްރެޖް އޭޖް ތަންކޮޅެއް ކުޑަކޮށް ހުރުމެވެ. ނަމަވެސް މިހާރު 80 ހިސާބުގައި އުމުރު މަތިވެފައިވާ ކަމަށާ އެހެންކަމުން ފިނޭންސް މިނިސްޓްރީގައި އެ ވާހަކަ ދަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.