ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރުމުގެ ޝަރަފު ފެން ކުންފުނީގެ ހަތަރު މުވައްޒަފަކަށް

މި ކާމިޔާބީއާ ގުޅިގެން އެމްޑަބްލިޔުއެސްސީން ބުނީ، އެ ކުންފުނީގެ ހަތަރު މުވައްޒަފަކަށް ދައުލަތުގެ މިފަދަ މަތިވެރި ޝަރަފެއް ލިބުމަކީ ކުންފުންޏަށް ލިބުނު ނުހަނު ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށެވެ.

ދިވެހި ދައުލަތަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށް ރައީސް ދެއްވާ ޝަރަފުވެރި ޤައުމީ އިނާމު މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ހަތަރު މުވައްޒަފަކު ހާސިލުކުރައްވައިފި އެވެ.

މި ޝަރަފުވެރި އިނާމު ހާސިލުކުރެއްވި އެމްޑަބްލިޔުއެސްސީގެ ޚިދުމަތްތެރި ހަތަރު މުވައްޒަފުންނަކީ:


މުޙައްމަދު އިޔާޟް (ޑެޕިއުޓީ ޓްރާންސްޕޯޓް އޮފިސަރ) – 38 އަހަރަށްވުރެ ދިގު މުއްދަތުގެ ޚިދުމަތް
މުޞްޠަފާ ޙަސަން (ސީނިއަރ ޕްރީފޯމް އޮޕަރޭޝަންސް އިންޖިނިއަރ) – 35 އަހަރަށްވުރެ ދިގު މުއްދަތުގެ ޚިދުމަތް
އާމިނަތު ރަޝީދާ (އެސިސްޓަންޓް ޕެއަބަލް އެގްޒެކެޓިވް) – 35 އަހަރަށްވުރެ ދިގު މުއްދަތުގެ ޚިދުމަތް
މުޙައްމަދު ޢަލީ (ސީނިއަރ ކަސްޓަމަރ ސާރވިސް އޮފިސަރ) – 35 އަހަރަށްވުރެ ދިގު މުއްދަތުގެ ޚިދުމަތް

މި ކާމިޔާބީއާ ގުޅިގެން އެމްޑަބްލިޔުއެސްސީން ބުނީ، އެ ކުންފުނީގެ ހަތަރު މުވައްޒަފަކަށް ދައުލަތުގެ މިފަދަ މަތިވެރި ޝަރަފެއް ލިބުމަކީ ކުންފުންޏަށް ލިބުނު ނުހަނު ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށެވެ. އަދި ކުންފުންޏަށާއި މުޅި ދިވެހި ޤައުމަށް މި ބޭފުޅުން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖްމަންޓާއި އެންމެހައި މުވައްޒަފުންގެ ނަމުގައި ވަނީ މި ހަތަރު މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ޝުކުރު ދަންނަވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.