ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިރޭ 8:00 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ފަށާ އެ ޖަލްސާގައި، މިހާތަނަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި ތިން އަހަރުގެ ކާމިޔާބީގެ މައްޗަށް ރައީސް އަލިއަޅުއްވާލައްވާނެ ކަމަށެވެ.

ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީ އާއި ކުރިއަށް އޮތް ދުވަސްތަކަށް ރާވާފައިވާ ކަންކަން ހާމަކޮށްދެއްވުމަށް، މިރޭ ހުޅުމާލޭގައި ބާއްވާ ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ޕްރެޒެންޓޭޝަނެއް ދެއްވަން ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިރޭ 8:00 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ފަށާ އެ ޖަލްސާގައި، މިހާތަނަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި ތިން އަހަރުގެ ކާމިޔާބީގެ މައްޗަށް ރައީސް އަލިއަޅުއްވާލައްވާނެ ކަމަށެވެ.
މިއީ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރާ ހަފްލާއަކަށް ވާތީ ސަރުކާރުގެ ވީހާ ވެސް ގިނަ މުވައްޒަފުން އެ ހަފްލާގައި ބައިވެރިވާން ސަރުކާރުން ވަނީ އެދިފަ އެވެ.
ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ އަހަރު ހަފްލާ ބޭއްވީ ސޯޝަލް ސެންޓަރުގަ އެވެ. އެ ހަފްލާގައި ވެސް ރައީސް މުއިއްޒު ވަނީ ސަރުކާރުން އޭރު ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ޕްރެޒެންޓޭޝަނެއް ދެއްވައިފަ އެވެ.