ޖުމްހޫރީ ދުވަސް ބަންދުވާތީ ޖެހިގެން އަންނަ ދުވަސް ބަންދު ކުރުމުން ލިބޭ ޗުއްޓީ ހަތަރު ދުވަހަށް ދެމިގެން ދާނެ

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ނިންމުން ނިންމެވީ ނޮވެމްބަރު 11 ވާ ބުދަ ދުވަހަކީ ޖުމްހޫރީ ދުވަސް ކަމަށް ވާއިރު ޖެހިގެން އަންނަ ބުރާސްފަތި ދުވަސް ބަންދު ކުރުމުން މެދުކެނޑުމެއް ނެތި ސަރުކާރު މުވައްޒަފުންނަށް ޗުއްޓީ ލިބޭނެ ގޮތް ހަމަޖެއްސެވުމަށް ކަމަށެވެ.
އެ ދުވަސް ބަންދު ކުރުމުން ހުކުރު އަދި ހޮނިހިރު ހިމަނައިގެން ޖުމްލަ ހަތަރު ދުވަސް ބަންދު ވާނެ އެވެ.
ނޮވެންބަރު 11 ފާހަގަ ކުރަނީ 1968 ވަނަ އަހަރު ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ގާއިމްކުރި ތާރީހީ ދުވަހުގެ ގޮތުގަ އެވެ.