ރައީސް ދެއްވި ޔަގީންކަން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ފަހިކޮށްދޭނަން

"ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތަކުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އެއްވެސް ފަރާތެއް ބާކީ ނުކޮށް ވަޒީފާގެ ފުރުސަތުތައް ހޯދައިދެއްވުމަކީ ސިޔާސަތެކެވެ.

"ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ރައީސްއާ ބައްދަލު ކުރަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މައިދާނުގައި ހުރި ހުރަސްތައް ނައްތާލައި، އެއްވެސް މީހަކު ބާކީނުވާނެފަދަ ޝާމިލު މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

"ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތަކުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އެއްވެސް ފަރާތެއް ބާކީ ނުކޮށް ވަޒީފާގެ ފުރުސަތުތައް ހޯދައިދެއްވުމަކީ އެ މަނިކުފާނު ވަރަށް އިސްކަން ދެއްވާ ސިޔާސަތެއްކަމަށެވެ. އެގޮތުން ކުންފުނިތަކުގެ ވެރިންނަށް ވެސް ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި ވަޒީފާގެ މާހައުލެއް ޤާއިމްކޮށްދެއްވުމަށް ދަންނަވާފައިވާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް އިތުރު މަސައްކަތްތަކެއް ސަރުކާރުން ކުރައްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރު ޝާމިލު މުޖުތަމައެއް ބިނާކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށަން ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއީ ރާއްޖޭގައި ނާޒުކު އާބާދީތައް ބާރުވެރިކުރުވުމަށްޓަކައި ޝާމިލު މުޖުތަމައެއް ބިނާކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. ރައީސް ވިދާޅުވީ އެ މަޝްރޫޢުގެ ބޭނުމަކީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުންކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.