ރައީސް ދެ ކަނބަލުންގެ އާމްދަނީގެ ތަފުސީލުތައް އާއްމުކޮށްފި

ދިމްޔާތު ޕްރައިވެޓް ލިމިޓެޑް އިން ލިބޭ މުސާރައިގެ ގޮތުގައި 78,000.00 ރުފިޔާ ލިބިވަޑައިގަންނަވާކަމަށް ވެސް މި ލިޔުމުން ދައްކައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން

ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނަށް ލިބިވަޑައިގަންނަވާ އެލަވަންސާއި މުސާރައި އަދި އާމްދަނީގެ  ތަފުސީލުތައް ހާމަކޮށްފި އެވެ. 

މި ލިޔުމުގައިވާ މައުލޫމާތަށް ބަލާއިރު، ގާނޫނު ނަންބަރު 11/2009 ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދަށް ލިބޭ އެލަވަންސްގެ ގޮތުގައި 199,999.98 ރުފިޔާ ލިބިވަޑައިގަންނަވާކަން ވަނީ ބަޔާންކޮށްފަ އެވެ. 

އޭގެ އިތުރުން، ދިމްޔާތު ޕްރައިވެޓް ލިމިޓެޑް އިން ލިބޭ މުސާރައިގެ ގޮތުގައި 78,000.00 ރުފިޔާ ލިބިވަޑައިގަންނަވާ ކަމަށް ވެސް މި ލިޔުމުން ދައްކަ އެވެ. އަދި އެކި ބޭންކު އެކައުންޓުތަކުގައި ހުރި ފައިސާގެ އަދަދުތަކެއް ކަމަށް ބެލެވޭ ބޮޑެތި އަދަދުތަކެއް މި ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ. 

ރައީސް ޑރ. މުއިއްޒަށް އާމްދަނީ ލިބިވަޑައިގެންނެވި ގޮތް

  •  މަގާމުގެ މުސާރަ - 285,024 ރުފިޔާ
  •  ގޭކުލި (ހުޅުމާލޭ ރޯ ހައުސް) - 240,000 ރުފިޔާ
  •  މ. ފިގް (އާއިލާތައް ހިބައިން ލިބިވަޑަައިގެންނެވި ބައިން ) - 180,000 ރުފިޔާ

މެޑަމް ސާޖިދާއަށް އާމްދަނީ ލިބިވަޑައިގެންނެވި ގޮތް

  •  ފަސްޓް ލޭޑީގެ އެލަވަންސް - 199,999.98 ރުފިޔާ
  •  ރައީސްގެ އަމިއްލަ ގެކޮޅުން ދެއްވި ފައިސާ - 78,000 ރުފިޔާ
  •  ހެލްތު މިނިސްޓްރީގެ ކޮންސަލްޓެންޓްކަމުގެ މުސާރަ - 4,927.32 ރުފިޔާ

ފައިސާގެ އާމްދަނީގެ އިތުރުން ރައީސްގެ މިލްކިއްޔާތުގައި ހުރި މުދަލާއި ބިމުގެ މައުލޫމާތު ވެސް މާލީ ބަޔާނުގައި ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި 260,000 ރުފިޔާގެ ކާރަކާއި ވާރުތަ މުދަލުގެ ގޮތުގައި ލިބިވަޑައިގެންފައިވާ 5.9 މިލިއަން ރުފިޔާގެ "ދިމްޔާތު" ބިމާއި، ހއ. ވަށަފަރުގައި އޮތް 1.5 ލައްކަ ރުފިޔާގެ ބިމެއް ވެސް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.