ފުލުހުން ބުނީ މި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، މިއަދު ހަވީރުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފަ އެވެ.

ސޯސަން މަގުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މިއަދު މަރުވެއްޖެ އެވެ.
އެރޭ ދަންވަރު 01:12 އެހައިކަންހާއިރު މި އެކްސިޑެންޓް ހިނގާފައި ވަނީ ދެ ސައިކަލު ޖެހިގެންނެވެ. އެއް ސައިކަލުގައި ތިބީ 22 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ އަންހެނެކެވެ. އަނެއް ސައިކަލުގައި އިނީ 21 އަހަރުގެ ފިރިހެނެކެވެ.
ތިން މީހުންނަށްވެސް މި އެކްސިޑެންޓްގައި އަނިޔާވި އެވެ. ނަމަވެސް އެކްސިޑެންޓްވި ވަގުތު އަންހެން މީހާ އޮތީ އެއްކޮށް ހަރަކާތް ހުސްވެފަ އެވެ. އޭނާގެ ބޮލުން ވަރަށް ބައިވަރު ލޭ ވެސް ފައިބައިފައިވެ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، މިއަދު ހަވީރުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފަ އެވެ.
މި މައްސަލައިގައި ގަވާއިދާ ހިލާފަށް ސައިކަލު ދުއްވި 21 އަހަރުގެ މީހާ އިއްޔެ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އަތުލައިގައި ލައިސަންސެއް ވެސް ނެތެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.