ފުލުހުން ބުނީ މި ހާދިސާގައި ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އަނިޔާވެފައިވަނީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށެވެ.

ރޭ ދަންވަރު 01:12 އެހައިކަންހާއިރު މި އެކްސިޑެންޓް ހިނގާފައި ވަނީ ދެ ސައިކަލު ޖެހިގެންނެވެ.
ފުލުހުން ބުނީ މި ހާދިސާގައި ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އަނިޔާވެފައިވަނީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށެވެ.
މީގެ ތެރެއިން އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އަނިޔާވި ދެ ފިރިހެނުންނަށް ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގަ އެވެ.
މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވި 21 އަހަރުގެ މީހަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގެ ވީޑިއޯއެއް އާންމުވެފައިވާއިރު، އެކްސިޑެންޓަށްފަހު ތިން މީހުންވެސް ސައިކަލުން ވެއްޓިފައިވާއިރު، އޮތީ ގުޑައި ނުލެވޭ ވަރަށް އަނިޔާވެފަ އެވެ. އަންހެން މީހާ ބަންޑުން އޮތް އިރު އެއްވެސް ހަރަކާތެއް ފެންނާކަށް ނެތެވެ. އޭނާގެ ބޮލާ ދިމާލުން ލޭގެ ކޯރެއް ވެސް އޮތެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.