ޑޮލަރުގެ ވަގު ވިޔަފާރި ކުރާ 65 މައްސަލައެއް ފުލުހަށް، އިތުރު މީހަކު ހައްޔަރަށް

ފުލުހުން ބުނީ އެ މައުލޫމާތުތަކާ ގުޅިގެން މިހާތަނަށް އެޅުނު ފިޔަވަޅުގެ ތެރެއިން ބިދޭސީއަކު މިހާރު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މާލޭގެ މަނީ އެކްސްޗޭންޖު ކުރާ ތަނެއް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް، ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ 65 މައްސަލައެއް އާންމުންގެ ފަރާތުން ފުލުހަށް ހުށަހަޅައިފި އެވެ.

މިފަދަ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އާންމުންގެ ފަރާތުން އެދިފަ އެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެފަދަ މައުލޫމާތުތައް ހިއްސާ ކުރުމަށް ގާއިމްކޮށްފައިވާ ހޮޓްލައިނަށް 65 މެސެޖު ލިބިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ؛

  •  27 ބިދޭސީންގެ މައުލޫމާތު
  •  ބޭރު ފައިސާގެ ވަގު ވިޔަފާރި ކުރަމުންދާ 18 ތަނުގެ މައުލޫމާތު
  •  ގަވާއިދާ ހިލާފަށް ބޮޑު އަގުގައި ބޭރު ފައިސާ ގަނެ ވިއްކާ 4 ތަނުގެ މައުލޫމާތު
  •  އެފަދަ މުއާމަލާތްތައް ހިންގާ 16 އޮންލައިން ޕްލެޓްފޯމްގެ މައުލޫމާތު

ފުލުހުން ބުނީ އެ މައުލޫމާތުތަކާ ގުޅިގެން މިހާތަނަށް އެޅުނު ފިޔަވަޅުގެ ތެރެއިން ބިދޭސީއަކު މިހާރު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. 

އަދި ރިޕޯޓުކޮށްފައިވާ އެހެން ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

ގާނޫނާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ ތަންތަނުގެ މައުލޫމާތު ހިއްސާ ކުރަން ފުލުހުން އެދިފައިވާއިރު، ލައިސެންސް ނެތި ހިންގާ މަނީ އެކްސްޗޭންޖް އޮފީހެއް މިމަހުގެ އެއްވަނަ ދުވަހު ފުލުހުން ވަނީ ފުރަތަމަ ފަހަރަށް ރެއިޑްކޮށް، އެތަނުގެ ބޭންކް އެކައުންޓުތައް ފްރީޒްކޮށްފަ އެވެ.

މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ބަންދު ކޮށްފައި ވަނީ "ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏެކެވެ.

ފުލުހުން ވަނީ ގަވާއިދާ ހިލާފަށް، ހުއްދަ ނެތި ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތް ކުރަމުން ދިޔަ ހަ ބިދޭސީއަކު ވެސް މީގެ ކުރިން އަތުލައިގެންފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.