މިގޮތަށް ނިންމާފައިވަނީ ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޤާނޫނީ އަދި އިދާރީ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ބުނީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
ނިންމެވި ސަބަބު - މިގޮތަށް ނިންމާފައިވަނީ ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޤާނޫނީ އަދި އިދާރީ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި ދިވެހިރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރެއްވުމުގެ ގޮތުން "އަންސްކިލްޑް ބިދޭސީންނަށް" ކޮންމެ ފަރާތަކަށް 1 ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރައްވާގޮތަށް ހަމަޖެއްސެވުމަށް ވަނީ ނިންމަވާފަ އެވެ.
ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ހާލަތެއްގައި ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރައްވާ ގޮތަށް ހަމަޖެއްސެވުމަށް ވެސް ވަނީ ނިންމަވާފައެވެ.
ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އާއި ވޯލްޑް ބޭންކް ފަދަ އިދާރާތަކުގެ ރެކޯޑުތަކުން ދައްކާ ގޮތުން ރާއްޖޭގައި ބޭނުންކުރާ ސިމް ކާޑުގެ އަދަދު އުޅެނީ ގާތްގަނޑަކަށް 750,000 އާއި 850,000 އާ ދެމެދުގައެވެ. މިއީ އާބާދީގެ ނިސްބަތުން ބަލާއިރު %150 އަށްވުރެ މަތީ އަދަދެކެވެ.