ކުރީގެ ޑީސީޕީ ފަޔާޒުގެ ކުންފުނިން ތާގައި ޓޫރިޒަމް ބިޔަ މަޝްރޫއެއް

މި މަޝްރޫއަކީ 175 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 2.6 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. ރާއްޖޭގައި ސަސްޓޭނަބަލް ޓައުންޝިޕް މަޝްރޫއަށް އިންވެސްޓް ކުރެވޭނެއެންމެ ކުޑަ މިންވަރަކީ 100 މިިލިއަން ޑޮލަރެވެ.

ތާ އައިލެންޑް ކްލަސްޓާ ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ނަމުގައި ތ. އަތޮޅުގައި ފަށާ ޓައުންޝިޕް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، (ކ-ވ) އަބްދުﷲ ޖާބިރު، ވަންދަނާ ޔަދާވް، މުހައްމަދު ފަޔާޒް އަދި ސައިލޭޝް ހީރާނަންދާނީ. –ފޮޓޯ/ޕީއެންއެންޑިޖިޓަލް

ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ފަޔާޒު (އެފްއޭ) ގެ މަސްލަހަތު އޮންނަ ކުންފުންޏަކުން ތ. އަތޮޅުގައި ޓޫރިޒަމް ބިޔަ މަޝްރޫއެއް ހިންގަން އެމަރަލްޑް ކޯޕަރޭޓްސްއާއެކު ސޮއިކޮށްފި އެވެ. 

ބޭރުގެ ނޫސްތަކުގައިވާ ގޮތުން ތ. އަތޮޅުގައި "ތ. އައިލެންޑް ކްލަސްޓާ ސަސްޓެއިނަބަލް ޓައުންޝިޕް" ގެ ނަމުގައި ހިންގާ މި މަޝްރޫއަކީ 175 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 2.6 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. ރާއްޖޭގައި ސަސްޓޭނަބަލް ޓައުންޝިޕް މަޝްރޫ އަށް އިންވެސްޓް ކުރެވޭނެއެންމެ ކުޑަ މިންވަރަކީ 100 މިިލިއަން ޑޮލަރެވެ. 

ނޫސްތަކުގައިވާ ގޮތުން މި މަޝްރޫއު ފަށަނީ ބްލޫ ސިނަރޖީ އިންވެސްޓްމަންޓްސް އާއި އިނގިރޭސިވިލާތުގެ އެމަރަލްޑް ކޯޕަރޭޓްސް ކިޔާ ކުންފުންޏަކާ ގުޅިގެންނެވެ. އިކޮނޮމިކް މިނިސްޓްރީގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި  ބްލޫ ސިނަރޖީ އިންވެސްޓްމަންޓްސް ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވީ ކުރީގެ ޑީސީޕީ މުހައްމަދު ފަޔާޒު (އެފްއޭ) އެވެ. އެފްއޭވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީގައި އިސް ދައުރެއް އަދާކުރާ ފަރާތެކެވެ. އަދި ރައީސް އަބްދުﷲ ޔާމީން އައި ރައީސް ޑރ. މުހައްމަދު ވަހީދު ހަަސަންގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތަކެއްވެސް ފުރުއްވި އެވެ. 

މި ކުންފުނީގެ ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ އަބްދުﷲ ޖާބިރު އާއި ހަސަން އަލީ އެވެ. ވިޔަފާރީގެ އިތުރުން އެކްޓިވިޓީއެއް ހިންގާފައި ނުވާ މި ކުންފުނި އުފެއްދި ތާރީހެއްގެ ގޮތުގައި އޮތީ މި އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. 

ބޭރުގެ ނޫސްތަކުގައިވާ ގޮތުން މި މަޝްރޫއު އަމާޒު ހިފާފައިވަނީ ތިމާވެއްޓާ ރައްޓެހި، އަދި ސަރަޙައްދީ އިޤްތިސާދީ ކުރިއެރުމަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ބިޔަ މަޝްރޫޢެކެވެ. މީގެ ތެރޭގައި އިރުގެ އަލިން ކަރަންޓު އުފެއްދުމާއި މަތީ ފެންވަރުގެ އީކޯ-ރިސޯޓުތައް ހެދުމާއި އަދި ކަނޑުގެ ބާވަތްތައް (ހުއިފިލަނޑާ އާއި މޫދު ވިނަ ފަދަ ތަކެތި) އެކްސްޕޯޓު ކުރުމުގެ ބޮޑު ސިނާޢަތެއް ތަރައްގީކުރުން ވެސް ހިމެނެ އެވެ. 

"ތ އައިލެންޑް ކްލަސްޓާ ސަސްޓެއިނަބަލް ޓައުންޝިޕް" ގެ ނަމުގައި ހިންގާ މި މަޝްރޫއުގެ ދަށުން ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ވަސީލަތްތައް ހިމެނެ އެވެ. މިއީ މަލްޓި އައިލެންޑް ކޮންސެޕްޓަށް ތަރައްގީކުރާ މި ޓައުންޝިޕް މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ދިރިއުޅުމަށް ބޭނުންވާ އެކި ފެންވަރުގެ ވަސީލަތްތަކާއި ވިޔަފާރި އަދި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ލިބޭނެއެވެ.

ސްޓޭނަބަލް ޓައުންޝިޕް ސަސްޓެއިނަބުލް ޓައުންޝިޕްއަކީ ތިމާވެއްޓަށް އިސްކަން ދީގެން ތަރައްގީ ކުރާ ސަހަރުތަކެވެ. މި ސަހަރުތައް އިގްތިސޯދީ ގޮތުން ފުދުންތެރި ވެފައި އިޖްތިމާއީ ގޮތުން ހަމަޖެހުން އޮންނާނެ އެވެ. މިއީ ތިމާވެށީގެ މިސާލު ދައްކާނެ ބިޔަ ސަހަރު ތަކެވެ. ދިވެހި ސަރުކާރުން މިވަނީ ހާއްސަ އިނާޔަތްތަކާއެކު އެސްއީޒެޑް ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަޑް ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއެއް ހިންގަން ސަރުކާރުން މިވަނީ ފުރަތަމަ ހުއްދަ ދީފަ އެވެ. މިގޮތުން ސަރުކާރުން ވަނީ މި މަޝްރޫއު ހިންގަނަނީ ނ. ދިގުގަރުލެގޫން، އާއި ދެކުނު ފަރު ނުވަތަ ފެކެނަން ފަރުގަައި "އާއިލާ" ގެ ނަމުގައި މަޝްރޫއެއް ހިންގަން ހުއްދަ ދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.