ރައީސް ވިދާޅުވީ މި މަަޝްރޫއުތައް ލަސްވެގެން ގޮސްފައިވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފައިސާ ހަރަދު ކުރުމުގައި އިސްކަންދޭ ތަރުތީބަށް ގެނައި ބަދަލެއްގެ ސަބަބުންނެވެ. ނަމަވެސް މިހާރު ވަނީ އަލުން އެ މަސައްކަތް ފެށިފަ ކަމަށް ވިދާޅުވި

މާލޭގަ ފުޓްސަލް ކޮމްޕެލްސް އަކާއި ހުޅުމާލޭގައި ބޯލިން އެރީނާއެއް އަޅަން ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގެ ޕަލްސް ޕޮޓްކާސްޓުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގައި ނެތް ކުޅިވަރެއް ކަމަށްވާ ބޯލިން ކުޅެވޭނެ ތަނެއް ހަދަން ވަނީ ކުންފުންޏަކާ ހަވާކުކޮށްފަ ފައީސް ވެސް ދައްކާފަ.އެވެ. އަދި ވަރަށް އަވަހަކަށް އެ މަސައްކަތް ފެށިގެންދާނެ އެވެ. މީގެ އިތުރުން ފުޓްސަލް ކުޅޭނެ ގިނަ ވަސީލްތަކެއް ހުރި އެރީނާއެއް ހެދުމުގެ މަސައްކަތް ވެސް ވަނީ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.
"މިތަން [ފުޓްސަލް ކޮމްޕެކްސް] ހުންނާނެ އިންޓަނޭޝަނަލް މުބާރާތްތައް ބޭއްވޭ ޓްރެއިނިން ޕިކްތަކާއެކު. ހަމަ މިކަހަލަ ނެޓްބޯލް ކޮމްޕެކްސްއެއް މިއަޅަނީ ހުޅުމާލޭގަ. އެކަމަށް ހުރިހާކަމެއް ވަނީ ހަމަޖެހިފަ. މީގެ އިތުރުން އިންޑޯ ގޭމިންގެ އެއްތަން މި ހަދަނީ ސަލްޓަން ޕާކުގައި، އެތަން ހުރީ ބޮޑަށް ހަލާކުވެފަ، އެހެންވެ އެތަން ނަގާފަ މި ހަދަނީ. އަދި ޑްރިފްޓިންސް ރޭސިން އަދި ޑްރިފްޓިން ތަނެއް މި ހަދަނީ. އެތަނުގެ ބިން ހިއްކުން ލަސްވެއްޖެ،. މެޓީރިއަލް ލަސްވެގެން. މި ހުރިހާކަމެއްގައި ވެސް ޑިލޭތަނެއް އައި 6 މަސް. ނަމަވެސް މިހާރު ފެށިގެން އެދަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މީގެ އިތުރުން ހުޅުމާލޭގައި އިންޓަނޭޝަނަލް ފެންވަރުގައި ގޯކާޓު އެރީނާއެއް އަޅަންވެސް ބިން ހަމަ ޖައްސަައި ދީފައިވާނެ ކަމަށެވެ. އަދި އުންމީދަކީ 2028 އަށްވާންވާއިރަށް ހުރިހާތަނެއްވެސް ނިންމާލުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ބޭރު ގައުމުތަކުގަ ހުންނަ ފެންވަރުގެ އެރީނާއެއް މި ހަދަނީ. އެކިކުޅިވަރުތައް ކުޅޭ ފަރާތްތަކަށް. އުސްފަސްގަނޑު މިއޮތީ ސްކޭޓިން ކުޅޭ ކުދިންނަށް،" ރައީސް ވިދާޅުވި އެވެ.