ރައީސް އޮފީހުން ބުނީ ރާއްޖޭގެ އިންތިހާބީ 93 ދާއިރާގެ ތެރެއިން މި ފަހަރު ހުޅުވާލާފައި ވަނީ މާފަންނު ދެކުނު ދާއިރާ އާއި ރ. އުނގޫފާރު ދާއިރާ އަދި ހއ. ކެލާ ދާއިރާ އާއި ފުވައްމުލަކު ދެކުނު ދާއިރާ އަށް ނިސްބަތްވާ މީހުންނަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރުކުރުމަށް ފަށަން ތައްޔާރުވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި އިތުރު ކެޓަގަރީތަކެއް ހިމަނައިނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ ރާއްޖޭގެ އިންތިހާބީ 93 ދާއިރާގެ ތެރެއިން މި ފަހަރު ހުޅުވާލާފައި ވަނީ މާފަންނު ދެކުނު ދާއިރާ އާއި ރ. އުނގޫފާރު ދާއިރާ އަދި ހއ. ކެލާ ދާއިރާ އާއި ފުވައްމުލަކު ދެކުނު ދާއިރާ އަށް ނިސްބަތްވާ މީހުންނަށް ނަން ނޯޓުކުރުމުގެ ފުރުސަތެވެ.
ރައީސް އޮފީހުން ބުނީ އެ ދާއިރާ ތަކަށް ނިސްބަތްވާ މީހުންގެ ތެރެއިން "ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވާން މީހުން އެ އޮފީހުގެ ވެބްސައިޓުގައި އެކަމަށް ހާއްސަ ކޮށްފައިވާ ޕޯޓަލު މެދުވެރިކޮށް ނަން ނޯޓުކުރެވޭނެ އެވެ. އެކަމަށް އެދުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ހޯމަ ދުވަހުގެ 12:00 ގެ ކުރިންނެވެ.