"ބީއެމްއެލް ކުރިމަތީ ސައިކަލަށް 500 ޖާގަ، އެހެން ތަނެއްގައި ޕާކް ކުރުން މަނާވާނެ"

ރައީސް ވިދާޅުވީ މަގު ހުޅުވުމުން އޭރުން ނަސަންދުރައިން ފެށިގެން އިއްޒުއްދީން ފާލަމާ ހަމާގައި މަގުމަތީގައި ކުރީގަ ޕާކު ކުރި ކުރުން ދެން ނުކުރެވޭނެ އެވެ.

ސައިކަލް ޕާކިންއަށް ހިއްކާފައިވާ ސަރަހައްދު

ބޮޑުތަކުރުފާނު މަގު ފުޅާ ކުރަން ކުރަމުން ގެންދާ މަޝްރޫއާއެކު، ބީއެމްއެލް ކުރިމަތީގައި 500 ސައިކަލް ޕާކު ކުރެވޭ ޖާގަ ހަދާނެ ކަމަށާ މިއާއެކު އެހެން ތަންތަން ޕާކު ކުރުން މަނާވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގެ "ޕަލްސް ޕޮޓްކާސްޓް" ގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިހާރު ކުރިއަށްދާ ބައިގެ މަސައްކަތްތައް ނިމި ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި އިއްޒުއްދީން ފާލަމާ ހަމައަށް މަގު ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ރައީސް އޮފީހުގެ "ޕަލްސް ޕޮޓްކާސްޓް" ގައި ރައީސް ވާހަކަ ދައްކަވަނީ -- ރައީސް އޮފީސް

"އޭރުން ނަސަންދުރައިން ފެށިގެން އިއްޒުއްދީން ފާލަމާ ހަމާގައި މަގުމަތީގައި ކުރީގަ ޕާކު ކުރި ކުރުން ދެން ނުކުރެވޭނެ. ދެން ކުރަން ޖެހޭނީ މިދެންނެވި ތަނުގަ [ބީއެމްއެލް ކުރިމަތީ ހެދި ޕާކިން އޭރިއާ] ގައި. އޭރުން ޕާކުކޮށްލާފަ ހިނގާލާފަ ވަަޑައިގަތީގަ ހިތްފަސޭހަވާނެ،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ އަލަށް ތަރައްގީކުރާ ސަރަހައްދުގައި ކީ-ވޯލް ތަކެއް ޖަހާނެ އެވެ. މިކަމުގެ ސަބަބުން ލޯންޗް ފަހަރަށް ކައިރިކުރަން ކުރިއަށްވުރެ ބޮޑު ޖާގަ ލިބި މުދާ އެރުވުމާއި ބޭލުމުގައި ފަސޭހަވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދަތުރުވެރިން މަޑުކޮށްލައިގެން ތިބޭނެ ބެންޗުތަކާއި، ހިޔާ ލިބޭނެ އިންތިޒާމުތައް ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނޭކަން ރައީސް ފާހަގަ ކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.