ސަޢީދު ވިދާޅުވީ މި ބަދަލަކީ ރާއްޖޭގެ މާލީ މިސްރާބާމެދު އިންވެސްޓަރުންނާއި ބައިނަލްއަޤުވާމީ ފަރާތްތަކުގެ އިތުބާރު އަލުން އާވެފައިވާކަމުގެ ސާފު ހެއްކެކެވެ.

ފިޗުން ރާއްޖޭގެ ރޭޓިން މަތިކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ އިޤުތިސާދީ ސިޔާސަތުތަކާއި ޒިންމާދާރު ވެރިކަމުގެ ސީދާ ނަތީޖާ ކަމަށް، އިޤުތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސަޢީދު ވިދާޅުވީ މި ބަދަލަކީ ރާއްޖޭގެ މާލީ މިސްރާބާމެދު އިންވެސްޓަރުންނާއި ބައިނަލްއަޤުވާމީ ފަރާތްތަކުގެ އިތުބާރު އަލުން އާވެފައިވާކަމުގެ ސާފު ހެއްކެކެވެ. އަދި މިއީ އިޤުތިސާދީ ގޮތުން ދަތި ދުވަސްވަރެއްގައި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ މާލީ ނިޒާމު އިސްލާޙުކުރުމަށާއި މެކްރޯއިކޮނޮމިކް ހަމަޖެހުން ގެނައުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުޅުތަކުގެ ސަބަބުން ދެމެހެއްޓެނެވި ގޮތެއްގައި އިޤުތިސާދު ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ބޭރުގެ މާލީ އިދާރާތަކުން ބަލައިގަންނަން ފަށާފައިވާކަން ރޭޓިންއަށް އައި ކުރިއެރުމުން ސާބިތުވާކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗް ރޭޓިންގްސް އިން ރާއްޖެއަށް ދަރަނި ނުދެއްކިދާނެކަމަށް އޮތް 'ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއަ ޑިފޯލްޓް ރޭޓިން "ސީސީ" އިން 'ސީސީސީ-' އަށް މިއަދު މައްޗަށް ޖައްސާފަ އެވެ. ފިޗުން މި ނިންމުން ނިންމާފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރިލް މަހު ދައްކަންޖެހޭ ސޮވެރިން ސުކޫކް ރާއްޖެ އިން ކާމިޔާބުކަމާއެކު ދެއްކުމާ ގުޅިގެން، ދަރަނި ނުދެއްކިދާނެކަމުގެ ނުރައްކާ ކުޑަވެފައިވާ ކަމަށް އެ އެޖެންސީއަށް ފެންނާތީ އެވެ.
މި ރޭޓިން އާންމުކޮށްފައިވަނީ މިއަދު ނެރުނު ފިޗްގެ އެންމެ ފަހުގެ ރިޕޯޓުގައެވެ. އެ އެޖެންސީން ފާހަގަކުރި ގޮތުގައި ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ބޭރުގެ ދަރަނި ކަމަށްވާ ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ދިމާވެދާނެ ނުރައްކާތައް ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.