އެޕްރީލްމަހު މީރާއިން ވަނީ ފައިސާ ދައްކަން ރަސްމީކޮށް އަންގައިގެން 372 މިލިއަން ރުފިޔާ ހޯދާފަ އެވެ. ދެން ބޮޑުބައެއް ހޯދާފައިވަނީ ވިޔަފާރިތަކަށް ލުއި ދީގެންނެވެ.

މި އަހަރުގެ އެޕްރީލް މަހުގެ އެކަނި ދައުލަތަށް ނުލިބު ހުރި ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހޯދައިިފި އެވެ.
ޓެކްސް އިދާރާ މީރާއިން ބުނީ އެންސޯސްމަންޓް ޕޮލިސީގެ ދަށުން މިހާތަނަށް މި އަހަރު ވަނީ 543 މިލިއަން ރުފިޔާ ހޯދިފަ އެވެ.
މީރާގެ ރިޕޯޓް ދައްކާ ގޮތުން މީރާއިން އެންމެ ބޮޑު އަދަދެއް ކަލެކްޓްކޮށްފައިވަނީ ރަސްމީކޮށް އަންގައިގެން ހޯދި ފައިސާގެ އިތުރުން އެހެން ދާއިރާތަކުން ވިޔަފާރިތަކަށް ދިން ލުއިތަކުންނެވެ. މި ބައިން 96 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ.
މީރާއިން ވަނީ އެންސްފޯސްމަންޓް ޕޮލިސީގެ ދަށުން ލުއި ދިނުމުގެ އިތުރުން ޖޫރިމަނާ މައާފުކޮށްދޭން ލުއިތަކެއްވެސް އިއުލާނުކޮށްފަ އެވެ. މިގޮތުން އެފަރާތަކުން ދައްކަންޖެހިފައިވާ ޓެކްސް ދައްކައި ޚަލާޞްކުރާ ފަރާތްތަކަށް، ޖޫރިމަނާ ލުއިކޮށްދިނުމުގެ ހާއްސަ ޕްރޮގްރާމެއް އޮގަސްޓް 12، 2026 ގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފަ އެވެ.
މި ޕްރޮގްރާމްގެ ދަށުން، ސުންގަޑީގެ ފަހުން ބަޔާން ހުށަހެޅުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާއާއި ސުންގަޑީގެ ފަހުން ޓެކްސް ދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ އެއްކޮށް ލުއިކޮށްދެވޭނެ އެވެ.
މީރާގެ އެންފޯސްމަންޓް ރިޕޯޓުތަކަށް ބަލާއިރު، ދައުލަތަށް ނުލިބި ހުރި ފައިސާ ނުވަތަ "ޓެކްސް އެރިއާސް" ގެ ގޮތުގައި ހުރި ޖުމްލަ އަދަދު ހުރީ ބިލިއަނުންނެވެ. ޖުމްލަ ނުދައްކާ ހުރި ފައިސާގެ އަދަދު ގާތްގަނޑަކަށް 16.3 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އަދި މީރާއިން ދާދިދަހުން ވަނީ އިންކަމް ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް އާއްމުކޮށްފަ އެވެ. މި ލިސްޓުގައި ރާއްޖޭގެ މަޝްހޫރު ބޮޑެތި ވިޔަފާރިތަކެއް ހިމެނެ އެވެ. މި ލިސްޓުގައި ޖުމްލަ 43 ވިޔަފާރިއެއް ހިމެނެ އެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ރާއްޖޭގެ ތިން ރިސޯޓެއްވެސް ލި ލިސްޓުގައި ހިމެނިފައިވުމެވެ.