އިންކަމް ޓެކްސް ނުދައްކާ ލިސްޓް | ތިން ރިސޯޓާއެކު 43 ބޮޑު ވިޔަފާރި

އިންކަމް ޓެކްސް ނުވަތަ ވިޔަފާރީގެ ފައިދާގެ ޓެކްސް ނުދައްކާ އަދި ޓެކްސް ބަޔާން ހުށަހަޅާ "ނޭމް އެންޑް ޝޭމް" ލިސްޓުގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތާއި އިމާރާތްކުރުމާއި އަދި މުއާސަލާތީ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތައް ހިމެނެ އެވެ.

ރާއްޖޭގެ ޓެކްސް އިދާރާ މީރާ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެންމެފަހުން ނެރުނު އިންކަމް ޓެކްސް ނުދައްކާ ލިސްޓުގައި ރާއްޖޭގެ މަޝްހޫރު ބޮޑެތި ވިޔަފާރިތަކެއް ހިމެނެ އެވެ. މި ލިސްޓުގައި ޖުމްލަ 43 ވިޔަފާރިއެއް ހިމެނެ އެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ރާއްޖޭގެ ތިން ރިސޯޓެއްވެސް ލި ލިސްޓުގައި ހިމެނިފައިވުމެވެ. 

މީރާއިން އާއްމުކޮށްފައިވާ 31 ޑިސެމްބަރު 2024 އިންކަމް ޓެކްސް ނުވަތަ ވިޔަފާރީގެ ފައިދާގެ ޓެކްސް ނުދައްކާ އަދި ޓެކްސް ބަޔާން ހުށަހަޅާ ނޭމް އެންޑް ޝޭމް" ލިސްޓުގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތާއި އިމާރާތްކުރުމާއި އަދި މުއާސަލާތީ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތައް ހިމެނެ އެވެ. 

ޓޫރިޒަމް ދާއިރާ - ކެނަރީފް ރިސޯޓް، ކިހާ މޯލްޑިވްސް، އެރިޔަދޫ އައިލެންޑް ރިސޯޓް، އަދި ސައުތު ޕާމް ރިސޯޓް ފަދަ ތަންތަން ހިންގާ ކުންފުނިތައް
ވިޔަފާރި އަދި މުއާސަލާތު - ފޯކަސް އިންފޯކޮމް  ލޮޓަސް ފިހާރަތައް ހިންގާ ސީނިއަ އިންޓަރނޭޝަނަލް، އަދި އޭއެޗް ބްރަދާސް ފަދަ މަޝްހޫރު ނަންތައް
ކޮންސްޓްރަކްޝަން - ރެނާޓަސް ޕްރޮޖެކްޓްސް އާއި މާލާ ހައި ރައިޒިން ފަދަ ކުންފުނިތައް.

މި ލިސްޓުގައި ނަން މަަޝްހޫރު ނަންތައް ހިމެނެ އެވެ. މީގެތެރޭގައި ނިއުއެޑިޝަން އާއި މައިކެމިސްޓް އަދި ޕުލްމޭރިއާ ހޮޓެލްސް އަދި ޕޮއިސް ޑިސްރިބިއުޓާސް ސިބްކޯ ރީޓެއިލް ކުންފުނި ހިމެނެ އެވެ. މީގެ އިތުރުން ވޯޓާ ސޮލިއުޝަންފަދަ ކުންފުނިތައް ވެސް ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.