މި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގައި ގިނަ އަދަދެއްގެ އަންހެން މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ. އަދި ސީނިޔަ ޕޯސްޓްތަކުގައިވެސް ދިވެހިން ގިނަ އެވެ.

ރާއްޖޭގެ ނުވަ ވަނަ ކޮމާޝަލް ބޭންކުގެ ގޮތުގައި އުފައްދަން ހުއްދަ ދީފައިވާ، މޯލްޑިވްސް ޕްރިމިއަ ބޭންކް (އެމްޕީބީ) ގެ އިސް މަގާމުތަކުގައި ގިނައީ ދިވެހިންނެވެ، އަދި ޑިރެކްޓަރުންގެ ބޯޑުގެ ގިނަ އަދަދެއްގެ އަންހެން މެންބަރުން ތަމްސީލް ކުރެ އެވެ.
ބޭންކްއެއް އުފައްދަން އިއްޔެ ލައިސަންސް ދޫކުރި އެމްޕީބީ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންކުގެ މައިގަނޑު ތަސައްވުރަކީ ގުޅުން ބަދަހި ބޭންކިންގް ހިދުމަތްތަކާއި ވަރުގަދަ ގަވަނަންސް އަދި ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތައް އަދި ފަރުމާ ފުރިހަމަ ޓެކްނޮލޮޖީ އެއްކޮށްލައިގެން، ކަސްޓަމަރުންނަށް އިސްކަންދޭ، ޒަމާނީ ބޭންކިން ތަޖުރިބާއެއް ދިވެހި ފަސްގަނޑަކަށް ގެނެސް ދިނުމެވެ.
"ކަސްޓަމަރުންނާއި ދިވެހި އިގްތިސާދަށް ފެންވަރު ރަނގަޅު ބޭންކިންގ ޚިދުމަތްތަކާއި ދިގުމުއްދަތުގެ މަންފާ ފޯރުކޮށްދޭ، އިތުބާރު ހުރި މާލީ އިދާރާއަކަށް ވުމަށް ބޭންކުން މަސައްކަތް ކުރާނެ،" ޕްރީމިއަމް ބޭންކިން ގްލޯބަލް ރީޗްގެ ނަމުގައި ސޯލަންކޮށްފައިވާ ބޭންކުން ނެރުނު ބަޔާނެއްގައިވެ އެވެ،

މޯލްޑިވްސް ޕްރިމިއަ ބޭންކް (އެމްޕީބީ) ގެ ބޯޑު ޗެއާޕާސަންގެ މަގާމުގައި ހުންނެވީ އައިޝާ ނުރައިން ޖަނާހް އެވެ.
ސީނިޔަ މެނޭޖުމަންޓް - އެމްޕީބީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި ހުންނެވީ އަރަހް ސަދަވާ އެވެ. އަދި ވިކުމް ވެލެގެދަރާ އެވެ. މީގެ އިތުރުން ހިމެނޭ އިސް މަގާމުތަކުގެ ތެރެއިން ހެޑް އޮފް އައިޓީގެ މަގާމުގައި ހުންނެވީ ޝައިޚް އަބްދުލް މަޖީދު އެވެ. އަދި ހެޑް އޮފް އެޗްއާރްގެ މަގާމުގައި މަރިޔަމް ލީލާ ހުންވިއިރު، ހެޑް އޮފް ފައިނޭންސްގެ މަގާމުގައި ހުންނެވީ ކްލައުސް މުލާ އެވެ. އަދި ލީގަލް ކައުންސެލް އަދި ކޮމްޕެނީ ސެކްރެޓަރީއަކީ ޚަދީޖާ ރަޝާ އެވެ.

އެމްޕީބީއިން ބުނީ ބޭންކުގެ މެނޭޖްމަންޓް ޓީމަކީ ބޭންކިންގް ޓެކްނޮލޮޖީ، އޮޕަރޭޝަންސް، ރިސްކް، އަދި ހިއުމަން ރިސޯސަސްގެ ދާއިރާތަކުން އޭޝިއާ އާއި އެފްރިކާ އަދި ޔޫރަޕުގެ އިތުރުން ޕެސިފިކް އަދި ރާއްޖެ ހިމެނޭހެން ދުނިޔޭގެ 14 ގައުމެއްގައި މަސައްކަތްކޮށް، ފުޅާ ދާއިރާއެއްގައި ތަޖުރިބާ ހޯދާފައިވާ ޓީމެކެވެ. އަދި ރެގިއުލޭޓްކުރެވޭ މާލީ އިދާރާތަކުގެ އިސް ލީޑަޝިޕް މަގާމުތައް ފުރާއްވަވާފައިވާ މި ޓީމަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަން، ގަވަރނަންސް، އޮޕަރޭޝަނަލް އެކްސެލެންސް، އަދި ދެމެހެއްޓެނިވި ކުރިއެރުމުގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގެ لަޔާގަތްތެރިކަން ލިބިފައިވާ ބޭފުޅުންނެވެ.