ޓޫރިސްޓުންގެ ހަށިތައް ފެނުނީ ކަނޑު ހޮހޮޅައިގެ އެންމެ ފުނުން

އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޯދާފައިވަނީ 50 މީޓަރުގެ އަޑީގައި ވަންނަ އެންޓްރެންސް އިންނަ މި ހޮހޮޅައިގެ ތިންވަނަ ބައިންނެވެ. މި ކަނޑުހޮހޮޅައިގެ އެއްވަނަ ބަޔާއި ދެވަނަ ބައި ދިވެހި ސިފައިން ވަނީ ބަލާފަ އެވެ.

ޓޫރިސްޓުން ފީނި ކޭވް އިންނަ ގޮތުގެ ކުރެހުމެއް އަދި ސިފައިން ޑައިވް ކުރަން ތައްޔާރު ވަނީ

ވ. އަތޮޅުގައި ފީނަން އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ޓޫރިސްޓުންގެ ހަށިތައް ފެނިފައިވަނީ އެމީހުން ވަތް ކަނޑުހޮހަޅައިގެ އެންމެ ފުނުންނެވެ.

މި ޓޫރިސްޓުންގެ ހަށިތައް ހޯދުމުގެ ގޮތުން ޑޭން ޔޫރަޕަށް ނިސްބަތްވާ ފިންލޭންޑުގެ ތިން ކޭވް ޑައިވަރުންގެ އެހީގައި މި ކޭވައަށް މިއަދު ވަނީ ފީނާފަ އެވެ. ޒަމާނީ އާލާތްތަކާއި ފުރިހަމަ އަށް ތަމްރީން ލިބިފައިވާ ދުނިޔޭގެ ފާހަގަކޮށްލެވޭ މި އެކްސްޕާޓަރުން ހިމެނޭ ތިން މީހުންގެ ޓީމުގައި ދުނިޔެ އަށް މަޝްހޫރު ކޭވްޑައިވަރު ޕެޓްރިކް ގްރޮންކްވިސްޓް އާއި ސާމީ ޕާއްކަރިނެން އަދި ޖެނީ ވެސްޓަލަންޑް ހިމެނެ އެވެ.

އެނގިފައިވާ ގޮތުގައި އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޯދާފައިވަނީ 50 މީޓަރުގެ ފުނުގައި ވަންނަ ދޮރު އިންނަ މި ހޮހޮޅައިގެ ތިންވަނަ ބައިންނެވެ. ތިން ބަަޔަކަށް ބެހިގެން ގޮސްފައިވާ މި ކަނޑުހޮހޮޅައިގެ އެއްވަނަ ބަޔާއި ދެވަނަ ބައި ދިވެހި ސިފައިން ވަނީ މީގެ ކުރިން ޑައިވްކޮށްގެން ބަލާފަ އެވެ. އަދި މި ސަރަހައްދަކީ ބަައެއް ދިވެހި ޑައިވަރުން ފީނާ ސަރަހައްދެކެވެ. 

އެމްއެންޑީއެފް އިން މިއަދު ބުނީ އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންނާއި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ލޮކޭޓްކުރެވިފައިވާ ކަމަށެވެ. އެހަށިގަނޑުތައް ފެނުނީ އެމީހުން ޑައިވްކުރި ކޭވް ތެރެއިންނެވެ.

ސާޗް ޑައިވްގައި ބައިވެެރިވި ތިން ތަޖުރިބާކާރުން


"ގެއްލުނު ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ކޭވް (ހޮހަޅަ) ތެރެއިން. އަދި ކުރިއަށް ހުރި ޑައިވްތަކުގައި އެ މީހުންގެ ހަށިގަނޑުތައް ކޭވްއިން ނެގުމުގެ މަސައްކަތް ކުރުމަށް ވަނީ ރޭވިފައި،" އެމްއެންޑީއެފް އިން ބުންޏެވެ.

އިޓަލީގެ މި ޓޫރިސްޓުން ރިކްރިއޭޝަން އިކްއިޕްމަންޓާއެކު އެހާ ފުނަށް ފީނި ސަބަބާމެދު ތަޖުރިބާކާރުން ދަނީ ސުވާލު އުފައްދަމުންނެވެ. އެހާ ފުނަށް ފީނުމަކީ ރާއްޖޭގެ ރިކްރިއޭޝަނަލް ޑައިވިންގެ ގަވައިދުގެ ދަށުން ހުއްދަ ކަމެއްނޫނެވެ. ރާއްޖޭގައި ޓޫރިސްޓުން ގޮވައިގެން ފީނުމުގެ ހުއްދަ އޮންނަނީ 30 މީޓަރަަށެވެ. އެހެންވެ، އެ ޑައިވަރުން ގޮވައިގެން ފީނަން ދިޔަ "އެމްވީ ޑޫކް އޮފް ޔޯކް" ކިޔާ ސަފާރީގެ ލައިސަންސް މިހާރު ވަނީ ހިފަހައްޓައިފަ އެވެ. މި ހާދިސާގައި ސާޗް މަސައްކަތުގައި އުޅުނު ސިފައިންގެ އޮފިސަރެއްވެސް ވަނީ ނިޔާވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.