ރާއްޖެ އައި ތިން ކޭވް ޑައިވަރުން | ބިރުކުޑަ އެތައް މިޝަނެއް ފުރިހަމަކުރި

ރާއްޖެ އައި ޕެޓްރިކް އާއި އިވާސް އަދި ޖެނީއަކީ ކޭވް ޑައިވްގައި އެތައް މިޝަނެއް ފުރިހަމަކޮށްފައިވާ، ތަޖުރިބާކާރުންގެ ބައެކެވެ. މި ތިން ޑައިވަރުންނާއެކު ދިވެހި ސިފައިންގެ ޓީމު ގުޅިގެން މިއަދު ފުރަތަމަ ޑައިވް ރާއްޖޭގައި ކުރާނެ އެވެ.

ޕެޓްރިކް، ޖެނީ އަދި އިވާސް

ނޯވޭގެ ޕްލުރާގެ ހޮހަޅައިގައި ހިނގި ނުރައްކާތެރި ހާދިސާއަކީ ދުނިޔޭގެ ކޭވް ޑައިވިން ތާރީހުގައި ވެސް ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާ އެވެ. މިއީ ތައިލެންޑުގެ ކޭވެއްގައި ސްކޫލް ކުދިންތަކާއި ޓީޗަރަކު ތާށިވި ހާދިސާގެ ކުރީގައި ދުނިޔޭގައި ހިނގި މިފަދަ އެންމެ މަޝްހޫރު އެއް ހާދިސާ އެވެ. މީގެ 12 އަހަރު ކުރިން، 2014 ވަނަ އަހަރު ނޯވޭގެ ޕްލުރާ ހޮހަޅައިގެ 130 މީޓަރު (ގާތްގަނޑަކަށް 426 ފޫޓު) ފުން، ގަނޑުފެން ފަދަ ފިނި ސަރަހައްދެއްގެ ތެރެއިން ހުރަސްކުރަން އުޅުމުގެ ތެރޭގައި ދެ ކޭވް ޑައިވަރުން ތާށިވި އެވެ. އަދި އެ ދެ މީހުންގެ އަތުގައި ހުރި އޮކްސިޖަން ހުސްވެ އެ ދެމީހުން މަރުވި އެވެ.

މި ހާދިސާއާ ގުޅިގެން ނޯވޭ އާއި އިނގިރޭސިވިލާތުގެ ކަމާބެހޭ އިދާރާތަކުގެ މާހިރުންގެ ޓީމަކުން މި ހަށިތައް ނަގަން މަސައްކަތް ފެށި އެވެ. ނަމަވެސް އެ ހަށިގަނޑުތައް ނެގުމަކީ މާ ނުރައްކާތެރި ކަމެއް ކަމަށްވުމުން، އެކަން ކުރަން އުޅެފިނަމަ އިތުރު ބައެއްގެ ފުރާނަ ގެއްލޭނެ ކަމަށް ބަލައި، އޮޕަރޭޝަން ހުއްޓާލައި ހޮހަޅައިގެ ދޮރު ބަންދުކުރި އެވެ. ނަމަވެސް މި ދެ ކޭވް ޑައިވަރުންގެ ހަށިތައް ނަގަން ވަގަށް ސިއްރުން، ނުރައްކާތެރި އޮޕަރޭޝަނެއް ފެށި އެކަކީ ރާއްޖޭގެ ކަނޑު ހޮހަޅާގައި މަރުވެފައި ތިބި ކަމަށް ބެލެވޭ އިޓަލީގެ ހަށިތައް ނަގަން ފީނަން އައިސްފައިވާ އެއް ޑައިވަރު ކަމަށްވާ ޕެޓްރިކް ގްރޮންކްވިސްޓް އެވެ.

ޑޭން ޔޫރަޕް ޑަވާސް އެލާޓް ނެޓްވޯކްގެ މި މެންބަރުން ވަނީ މީގެ 12 އަހަރު ކުރިން އެކުވެރިންގެ ހަށިގަނޑުތައް އެކަނި ދޫކޮށްލުން ގަބޫލު ނުކޮށް ޕެޓްރިކް އިސްވެ ހުރެ ސިއްރުން ޓީމެއް ގޮވައިގެން ގޮސް، ގާނޫނާ ހިލާފަށް އެ ހޮހަޅައަށް ފީނައިގެން ނަގާފަ އެވެ. އިންތިހާއަށް ހަނި، ކޮޅު ނުފެންނަ އަނދިރި އަދި ނަފްސާނީ ގޮތުން ބިރުވެރި އެ މާހައުލެއްގައި 100 އަށްވުރެ ގިނަ ގަޑިއިރު (އެކި ޑައިވްތަކަށް ބަހާލައިގެން) ހޭދަކޮށް، އޭނާ ވަނީ އެ ދެ އެކުވެރިންގެ ހަށިގަނޑު ކާމިޔާބުކަމާއެކު ނަގާފަ އެވެ. މިއީ މި ތިން މީހުންގެ ތެރޭގައި ހިމެނޭ އެންމެ ތަޖުރިބާކާރު ކޭވް ޑައިވަރެވެ. 

އޭނާގެ ރަސްމީ ވަޒީފާއަކީ ފިންލޭންޑްގެ ވެރިރަށް ހެލްސިންކީގެ ފަޔާ ޑިޕާޓްމަންޓް ގެ ފަޔާފައިޓަރު ދި ރެސްކިއު ޑައިވަރެއްގެ ވަޒީފާ އެވެ.

ޕެޓްރިކްއަކީ މި ޑައިވަރުންގެ ތެރޭގައި ހުރި އެންމެ ކުޅަދާނަ މީހާ އެވެ. އޭނާ ވަނީ ބޯލްޓިކް ކަނޑުގެ ފެތިފައިވާ ބޮޑެތި އުޅަނދު ތަކަށް ފީނުމާއި އައު ހޮހަޅަތައް ހޯދުމުގެ ގިނަ ޑައިވްތަކެއް ކޮށްފަ އެވެ. 

ޕެޓްރިކްގެ އިތުރުން ރާއްޖެ އައިސްފައިވާ ސާމީ ޕާއްކަރިނެން އަކީ ޕްރޮފެޝަނަލް ޑައިވިން އިންސްޓްރަކްޓަރެއްގެ އިތުރުން އެކްސްޕްލޯރާ ނުވަތަ ހޮހަޅަތަކާއި ފެތިފައިވާ އުޅަނދުތައް ހޯދާ މީހެކެވެ. ސާމީ އަކީ ވެސް ނޯވޭގެ ހޮހަޅައިން ހަށިގަނޑުތައް ސަލާމަތްކުރުމުގެ ނުރައްކާތެރި މިޝަންގައި ޕެޓްރިކްއާއެކު ބައިވެރިވި މުހިންމު މެންބަރެކެވެ. 

އަދި ރާއްޖެ އައި މި ޓީމުގައި ހިމެނޭ އަނެއް ކޭވް ޑައިވަރު ކަމަށްވާ ޖެނީ ވެސްޓަލަންޑްއަކީ ވެސް ވަރަށް ތަޖުރިބާކާރު ޓެކްނިކަލް ކޭވް ޑައިވަރެކެވެ. އޭނާއަކީ ކަނޑުއަޑީގެ ބޮޑެތި، އުނދަގޫ ޕްރޮޖެކްޓްތަކާއި އެކްސްޕެޑިޝަންތަކުގައި ކޭވް ލައިޓިން އަދި ސަޕޯޓް ޑައިވަރެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ މީހެކެވެ. އޭނާއަކީ ކަނޑުއަޑީގެ ސިނެމަޓޮގްރަފީ އަށް ވެސް އެހީތެރިވެދޭ މާހިރެކެކެވެ. 

މި ތިން ޑައިވަރުންނާއެކު ދިވެހި ސިފައިންގެ ޓީމު ގުޅިގެން މިއަދު ފުރަތަމަ ޑައިވް ރާއްޖޭގައި ކުރާނެ އެވެ. މިއީ ރާއްޖެއާ ގުޅުންބޮޑު ހޯދުމަކަށްވާނެ އެވެ. 

ހިތްވަރުގަދަ ސިފައިންގެ މީހަކާއި އިތުރު ތަޖުރިބާކާރު މެރިން ބަޔޮލޮޖިސްޓުންގެ ފުރާނަ ދިގު މި ސަރަހައްދުން ފެން މައްޗަށް އަރާ ވާހަކަތައް ވެގެންދާނީ ކަނޑުއަޑީގައި ކަނޑުހޮހޮޅައިގެ ތެރޭގައި ފޮރުވިފައިވާ އެތައް ސުވާލެއްގެ ޖަވާބު ލިބިގެންދާނެ ޑައިވަކަށްވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.