'އަދަދު' ގެ ދެ ނޫސްވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި

އެ އަމުރާ ގުޅޭ ހަބަރު ގެނެސްދިން ގޮތް ގޯސްކަމަށް ބުނެ، 'އަދަދު'ގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު މިއަދު ކޯޓަށް ހާޒިރުކޮށް، 10 ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.

'އަދަދު' ނޫހުގެ ނޫސްވެރިން ކަމަށްވާ ޝަހުޒާން އަދި ލީވާން --

ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ތުހުމަތުކޮށް "އަދަދު" ނޫހުން އާންމު ކުރި "އައިޝާ" ނަމަކަށް ކިޔާ ޑޮކިއުމެންޓްރީ އާންމުނުކުރުމަށާއި އޭގެ ވާހަކަ ނުދެއްވުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވިކަމަށް ބުނެ، އެ ނޫހުގެ ދެ ނޫސްވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި އެވެ.

"އަދަދު" ނޫހުން މިދިޔަ މާޗު 28 ވަނަ ދުވަހު ނެރުނު "އައިޝާ" ނަމަކަށް ކިޔާ އެ ޑޮކިއުމެންޓްރީއަކީ ރައީސްގެ މައްޗަށް ގަޒުފްކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީއެކެވެ.

ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ނެރުނު ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށާއި، ޝަރީއަތަށް ހުށަހަޅާފައިވާ ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވެފައިވާ މީހާ (ރައީސް މުއިއްޒު)ގެ އެއްވެސް ވާހަކައެއް ނުދެއްކުމަށެވެ.

އެ އަމުރާ ގުޅޭ ހަބަރު ގެނެސްދިން ގޮތް ގޯސްކަމަށް ބުނެ، 'އަދަދު'ގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު މިއަދު ކޯޓަށް ހާޒިރުކޮށް، 10 ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.

އަދި ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހަމަ އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން އެ ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން ކުރި ރައީސްއާ ކުރި ސުވާލަކާ ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑުމުގެ ތުހުމަތުގައި 15 ދުވަހަށް ޖަލަށްލާން މިއަދު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ޝަހުޒާން އެ ސުވާލު ކުރުމުން، ރައީސް މުއިއްޒު ވަނީ ކޯޓުން ނެރެފައިވާ އަމުރަކާ ހިލާފުވާން ފުރުސަތު ނުދެއްވޭނެކަމަށް ވިދާޅުވެ، ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ދިޔުމަށް ރައީސް ވަނީ ޝަހުޒާނަށް އަންގަވައިފަ އެވެ. ރައީސްގެ އެންގެވުމަށް ސެކިއުރިޓީން ވަނީ އޭނާ އެތަނުން ބޭރަށް ނެރެފަ އެވެ.

ކޯޓުން އެ އަމުރު ނެރުނީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެނޫހުގެ އެޑިޓަރު ހަސަން މުހައްމަދަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފޮނުވައި އެފަދަ އަމުރެއް ނެރެދިނުމަށް އެ އޮފީހުން ހުށަހެޅުމުންނެވެ. އެ ދެމީހުންނަށް ކޮށްފައިވާ ގަޒުފުގެ ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.