ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެގޮނޑީގައި ކުރިންވެސް އިންނެވި ސިނާންގެ ސާބިތު ދަރަންޏެއް ނުދައްކާ އޮތުމުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް މިމަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން ކާމިޔާބު ކުރައްވައިފި އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެގޮނޑީގައި ކުރިންވެސް އިންނެވި ސިނާންގެ ސާބިތު ދަރަންޏެއް ނުދައްކާ އޮތުމުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް މިމަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.
އެ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު އެވެ.
ޕީއެންސީ ޕްރައިމަރީގައި ސިނާންއާ ވާދަކުރީ، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދެވެ.
ޕީއެންސީ ޓިކެޓު ސިނާން ކާމިޔާބު ކުރެއްވީ 226 ވޯޓުންނެވެ. ސައީދަށް ލިބުނީ 199 ވޯޓެވެ.
މި ބައި-އިލެކްޝަންގައި ސިނާންއާ ވާދަކުރާނީ އެމްޑީޕީގެ ޓިކެޓު ކާމިޔާބުކޮށްފައިވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުالله ސޯދިގު (ސޯބެ)އާ އެވެ.