މެންބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި

މި މައްސަލައަކީ އޭނާގެ މައްޗަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަކާ އެއްގޮތަށް ދަރަނި ނުދައްކާ ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެ ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން --

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް އޮތް ސާބިތު ދަރަންޏެއް ދައްކާފައި ނުވާތީ، އޭނާގެ މަޖިލީސް ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައަކީ އޭނާގެ މައްޗަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަކާ އެއްގޮތަށް ދަރަނި ނުދައްކާ ކަމަށްބުނެ، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެ ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

އެ ހުކުމަކީ ސިނާންއާއި އިތުރުން ތިން މީހަކު ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދައްކަން ކޮށްފައި އޮތް ހުކުމެކެވެ. 

އެފައިސާ ދައްކަން ހުކުމްކޮށްފައި ވަނީ ހަ މަސް ދުވަސްތެރޭގަ އެވެ. އެ މުއްދަތު ހަމަވެފައި ވަނީ އޮކްޓޫބަރު، 2024 ގައެވެ.

އެ ހުކުމާ އެއްގޮތަށް ދަރަނި ނުދައްކާ އޮތުމުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޣާލިބް ސަލީމް ކިޔާ މީހަކު ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމާއެކު، ސިނާން ވަނީ އެ ފައިސާ ދައްކާ ހަލާސްކޮށްފަ އެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ، ހިތަދޫ ކޯޓުން ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަނި، ދީފައިވާ މުއްދަތުގެ ތެރޭގައި ދައްކާފައި ނުވާ ކަމަށެވެ. އަދި އެ ފައިސާ ނުދެއްކި އޮތީ ހުކުމް ކުރިކަން ނޭނގޭތީ ކަމަށް ސިނާންގެ ވިދާޅުވި ނަމަވެސް، އެކަން އޭނާއަށް ދުރާލާ އެންގިކަން ކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.

އެހެންކަމުން އޭގެ ނަތީޖާއަކީ އޭނާގެ މެންބަރު ކަމުގެ ގޮނޑި ގެއްލިފައިވުން ކަމަށް ކަނޑައަޅައި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން (ރިޔާސަތު) އާއި ފަނޑިޔާރު އަބްދުﷲ ހަމީދު އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު އަހުމަދު އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.