ރައީސް ނަޝީދު މަޝްވަރާއަށް ގޮވާލެއްވުން | މެޑަމް ފަޒްނާ ވިދާޅުވީ "ލޮލް"

ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް މުއިއްޒުގެ ސަރުކާރުން އެމްޑީޕީއާއެކު މަޝްވަރާ ކުރައްވަން ރޭ އެއްވުމުގައި ގޮވާލައްވާފަ އެވެ.

ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ފަސްޓް ލޭޑީ ފައްޒާ

އެމްޑީޕީ އެއްވުންތަކުގައި ބައިވެރިނުވެ ހުންނެވެވުމަށްފަހު ރޭ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެއްވުމެއްގައި ބައިވެރިވެފަ އެވެ. އަދި ރައީސް ނަޝީދު މިފެނިލުމާއެކު ނަޝީދުގެ ސަޕޯޓަރުން ވަނީ އުފާކޮށްފަ އެވެ. މި އެއްވުމުގައި ރައީސް ނަޝީދު ވަނީ ޕާޓީތަކާއެކު ސަރުކާރުން މަޝްވަރާ އަށް ގޮވާލައްވާފަ އެވެ. އަދި އެކަން ކުރަންދެން އެމްޑީޕީ މަގުމަތީގައި ތިބޭނެކަމުގެ "އިންޒާރު" ވެސް ނަޝީދު ވަނީ ދެއްވާފައިވެ އެވެ.

ނަމަވެސް މި އެއްވުމުގެ ހަބަރުތައް ނޫސްތަކުގައި ޖަަހަން ފެށުމާއެކު މިވަނީ ތަފާތުކަމެއް ފެނިގެން ގޮސްފަ އެވެ. އެއީ ރައީސް ނަޝީދުގެ "ކުރީ" ގެ އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ނަޝީދު އަށް މަލާމާތް ކުރެއްވުމެވެ. 

މެޑަމް ފަޒްނާ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ ”ލޮލް“ ޖައްސަވައި ނަޝީދަށް މަލާމާތް ކުރައްވާފަ އެވެ. 

ލޮލްގެ މާނައަކީ ކޮބާ -؟  "ލޮލް" އަކީ އިނގިރޭސި ބަހެއް ކަމަށްވާ ލާފްއައުޑް ލައުޑްގެ ގެ ކުރުގޮތެވެ. ބާރަށް ހީލުން" ނުވަތަ "ވަރަށް ބޮޑަށް ހިނިއައުން" އެވެ. އާންމުކޮށް މިއީ ސޯޝަލް މީޑިއާގައާއި، ވައިބަރ ނުވަތަ ވަޓްސްއަޕް ފަދަ އެޕްތަކުން މެސެޖު ކުރާއިރު މަޖާ ކަމެއް ދިމާވުމުން ބޭނުންކުރާ ބަހެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.