ޓްރަމްޕްގެ އިންޒާރާއެކު ދުނިޔޭގެ ހިއްސާގެ ބާޒާރަށްވެސް ވަނީ ތޮޅުން އަރާފަ އެވެ. އަދި ކުރިމަގުގައި ތެލުގެ އަގު އުފުލިގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮރްމޫޒް ކަނޑުއޮޅި އެއްކޮށް ބަންދުކުރާނެ ކަމަށް ދެއްވި އިންޒާރާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 103 ޑޮލަރަށް އުފުލިއްޖެ އެވެ.
އާދީއްތަ ދުވަހު ރައީސް ޓްރަމްޕް ވަނީ، އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ ސުލްހައިގެ ވާހަކަތައް ނާކާމިޔާބުވުމާ ގުޅިގެން، ހޮރްމުޒް ކަނޑުއޮޅިން ވަންނަ އަދި ނުކުންނަ ހުރިހާ އުޅަނދެއް އެމެރިކާ ސިފައިން ހުއްޓުވާނެ ކަމަށް އިޢުލާނު ކުރައްވާފަ އެވެ. ނަމަވެސް، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުރިހާ އުޅަނދެއްގެ ބަދަލުގައި ހުއްޓުވާނީ ހަމައެކަނި އީރާނަށް ދަތުރު ކުރާ ނުވަތަ އީރާނުން ފުރާ އުޅަނދުތައް އެކަނި ކަމަށެވެ.
މި އިންޒާރާއެކު އެމެރިކާގައި އުފައްދާ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކަނޑައެޅުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް "ބެންޗްމާކް" ނުވަތަ މިންގަނޑު ކަމަށްވާ ޑަބްލިއުޓީއައި ކްރުޑްގެ އަގު ވަނީ ފީފާއަކަށް ހުރީ ގާތްގަނޑަކަށް 105.08 ޑޮލަރު ގަ އެވެ. މިއީ ފާއިތުވި 24 ގަޑިއިރު ތެރޭގައި އަގު ވަނީ 9.19% އަށްވުރެ ބޮޑަށް އުފުލިފައެވެ (ގާތްގަނޑަކަށް 8.51 ޑޮލަރުގެ އިތުރުވުމެކެވެ.
ދުނިޔޭގައި ބޭނުންކުރާ ތެލާއި ގޭހުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އުފުލާ މި މުހިންމު ކަނޑުއޮޅީގެ ތޮއްޖެހުން ބޮޑުވެފައިވާއިރު، ހަނގުރާމައިގެ ކުރިން ދުވާލަކު 130 އުޅަނދު ދަތުރުކުރި ނަމަވެސް، މިދިޔަ ހޮނިހިރު ދުވަހު މި އަދަދު ވަނީ 17 އަށް ދަށަށް ގޮސްފަ އެވެ.
ޓްރަމްޕްގެ އިންޒާރާއެކު ދުނިޔޭގެ ހިއްސާގެ ބާޒާރަށްވެސް ވަނީ ތޮޅުން އަރާފަ އެވެ. އެގޮތުން އުފެދުނު ނުތަނަވަސްކަމުގައި، ޖަޕާނުގެ ނިކޭ 225 އިންޑެކްސް 0.9 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ދެކުނު ކޮރެއާގެ ކޮސްޕީ ވަނީ އެއް ޕަސެންޓަށްވުރެ ބޮޑަށް ދަށަށް ގޮސްފަ އެވެ. އަދި އެމެރިކާގެ އެސްއެންޑްޕީ 500 ފިއުޗާސް ވެސް ވަނީ 0.8 އިންސައްތަ ދަށަށް ގޮސްފަ އެވެ.