
ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީ އާ ގުޅިގެން ސަރުކާރުން ސިޔާސީ މަގާމްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަ ފަށާފައިވާ ދަނޑިވަޅެއްގައި ފެނަކަގެ އެމްޑީ މުހައްމަދު ނަޖާހު އާއި ޑީއެމްޑީ އާރިފް ވަނީ މަގާމުން ވަކި ކޮށްފަ އެވެ. އަދި ޑީއެމްޑީ އާރިފް ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފަ އެވެ.
އެނގިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި އިތުރު ދެ ބޭފުޅަކު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެއީ ސީއެފްއޯ މުހައްމަދު ޖިހާދާއި ޗީފް ރިސޯސަސް އޮފިސަރު އަބްދުﷲ ސަނޫނެވެ.
އިއްޔެ މަގާމުން ވަކި ކުރި މީހުންގެ ތެރޭގައި އެގްރޯނެޓުގެ އެމްޑީ ހުސައިން ދީދީ އާއި އެމްޑަބްލިއުއެސްސީގެ ޑީއެމްޑީއިބްރާހިމް ޝާހިދު ހިމެނެ އެވެ.
އަދި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާ ގުޅޭ އޯޑިއޯއެއް ލީކުވެފައި ވަނިކޮށް ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފާއި ޖެނީވާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް އިއްޔެ މަގާމުން ވަކިކުރި އެވެ.