ހަނގުރާމައާއެކު ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފައްދަން ޝައުގުވެރިކަން އިތުރުވެއްޖެ

ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ތިން ހަފުތާއަށް ބަލާއިރު އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގިނަ ފަރާތްތަކުން އަންނަ ޝައުގުވެރިކަން ވަނީ އިތުރުވެފަ އެވެ.

ރާއްޖޭގެ ރިސޯޓެއްގައި ހިންގާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް -- ވާވޭ ފޮޓޯ

މެދުއިރުމަތީގައި މިހާރު ފެށިފައިވާ ހަނގުރާމައާއެކު ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ހިންގަން  އިންވެސްޓްމަންޓުތަކުގެ ޝައުގުވެރިކަން އިތުރުވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް ސިލްސިލާކޮށް ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެ އަށް އަންނަ އިންވެސްޓްމަންޓުތައް އިތުރުވެފައިވާ ކަމަށް ފާހަގަ ވަމުންދާ ކަމަށެވެ. 

"މިހާރުގެ ހަނގުރާމައިގެ ހާލަތުން އަޅުގަނޑުމެންނަށް އެބަލިބޭ އިތުރު ހިތްވަރެއް. ރިނިއުބަލް އެނާޖީގެ ދާއިރާގައި އިންވެސްޓްކުރަން ބޭނުންވެފައި ތިބި ގިނަ ފަރާތްތަކުން އެބަ ޝައުގުވެރިކަން ފާޅުކުރޭ މިދިޔަ ދެތިން ހަފުތާގެ ތެރޭގައި އައި ޑިވްލޮޕްމަންޓްތަކަށް ބަލާއިރު، އެހެންވީމަ އެކަމަށް މަސައްކަތް ކުރަމުން ދާން. ބޭނުން މިފަނޑިވަޅުގެ ބޭނުން ހިފައިގެންވެސް ފަަށަން. ފަޅުތައް އެބަހުރި އެހެންވެ އިލެކްޓިކް ސިޓީ ޑިޕެންޑެންސީ ރިނިއުބަލް އެނާޖީއަށް ބަދަލު ކޮށްލަން،" ރައީސް ވިދާޅުވި އެވެ. 

ސަރުކާރުން ދަނީ އިޔާދަކުރަނިވި ހަކަތައިގެ ދާއިިރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިހާރު ފަށަން ނިންމާފައިވާ އެންމެ ބޮޑު މަޝްރޫއަކީ އެސްއީޒެޑް މަޝްރޫއެއްގެ ގޮތުގައި މާލެ އަތޮޅު ފަލެއް ހިއްކައިގެން ފަށާ 100 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. 

ސަރުކާރުން ބުނެފައިވާ ގޮތުގައި މިހާރު މުޅި ރާއްޖޭގެ 110 ރަށެއްގައި މިހާރު 164 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތައިން ކަރަންޓު ދަނީ ދެމުންނެވެ. މިހާރު އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ އިން ހުރި ހުރިހާ މަޝްރޫއުތަކާއެކު މި ދައުރުގައި 350 މެގަވޮޓްގެ ހަކަތަ އުފެއްދޭނެކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެ އެވެ. މި ބަދަލާއެއެކު ރައީސްގެ ރިޔާސީ ވައުދުގައި ހިމެނޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ކަރަންޓު އުފައްދާ މިންވަރު 33 ޕަސެންޓަށް ގެންދިއުމުގެ ވައުދަށް ވާސިލްވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.