ސީޕީ ނަވީން ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި

ނަވީން ކުއްލި ގޮތަކަށް ރިޓަޔާ ކުރައްވަން ނިންމެވި ސީދާ ސަބަބެއް ސާފު ނުވިޔަސް، މިއީ އެކަމަށް ރަނގަޅު ވަގުތުކަމުގައި އޭނާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާކަން "މިރާ"އަށް އެނގިފައިވެ އެވެ.

ސީޕީ އިސްމާއިލް ނަވީން

ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން، މަގާމުން އިސްތިއުފާ ދެއްވަން ހުށަހަޅުއްވައިފި އެވެ. 

ނަވީން ކުއްލި ގޮތަކަށް ރިޓަޔާ ކުރައްވަން ނިންމެވި ސީދާ ސަބަބެއް ސާފު ނުވިޔަސް، މިއީ އެކަމަށް ރަނގަޅު ވަގުތުކަމުގައި އޭނާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާކަން "މިރާ"އަށް އެނގިފައިވެ އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ހިދުމަތާ 2006 ވަނަ އަހަރު ގުޅިވަޑައިގެންނެވި ނަވީން، ޕޮލިސް ކޮމިޝަނަރުކަމަށް އައްޔަނުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.  

އޭގެކުރިން ނަވީން ވަނީ މޯލްޑިވްސް ޕޮލިސް ފުލުހުންގެ ޑިރެކްޓަރޭޓްގެ ވެރިޔާގެ މަގާމާއި، ޕީޕަލް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަގާމާއި، ސެންޓްރަލް ޕޮލީސިން ކޮމާންޑްގެ ވެރިޔާގެ މަގާމުގެ އިތުރުން، ފޮރެންސިކް ސާވިސަސް ޑިރެކްޓަރޭޓް މަގާމު ފުރުއްވާފަ އެވެ.

ނަވީން ސީޕީކަމަށް އައްޔަނުކުރީ، ޕޮލިސް ކޮމިޝަނަރު ކަމުގައި ހުންނެވި އަލީ ޝުޖާއު، ކުއްލި ގޮތަކަށް ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

ނަވީން ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފައިމިވަނީ، އޭނާ އާއި ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފައިވަނިކޮށެވެ. 

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި، މާލިއްޔަތު ކޮމެޓީން ނިންމާފައި ވަނީ ނަވީން ހިމެނޭހެން ފުލުހުންގެ އިސް ހަތް އޮފިސަރެއް ސަސްޕެންޑް ކުރަން ހުށަހެޅުމަށެވެ. 

އެނގިފައިވާ ގޮތުގައި އެގޮތަށް ކޮމެޓީން ފާސްކުރީ، ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އާއި އެހެނިހެން ބައެއް ކަންކަމާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއްގެ ތުހުމަތުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.