އޭޓީއެމްތަކާއެކު ބޮޑު ޑިމާންޑެއް | 100ރ. ގެ އާ ނޫޓު ސީރީޒެއް

ތަފާސް ހިސާބުތައް ދައްކާ ގޮތުން 100ރ. ގެ 12,446,093 މިލިއަން ނޫޓު ސާކިއުލޭޝަންގައި ދައުރުވަމުންދެ އެވެ. ފައިސާ ދައުރުވުން ވަނީ އޭޓީއެމް ބެހެއްޓުމުން އިތުރުވެފަ އެވެ.

ރަންދިޔަ ފަހެއްގެ ކުރީގެ ނޫޓުތަކެއް : އެންމެ ގިނައިން ދައުރުވަނީ 100ރ، ގެ ނޫޓު -- މޯލްޑިވްސް ފަސްޓް

މުޅިރާއްޖޭގައި ގިނަ އަދަދެއްގެ އޭޓީއެމް ބެހެއްޓުމާއެކު، 100ރ. ގެ ނޫޓު ދައުރުވުން އިތުރުވެ، 100ރ. ގެ އާ ނޫޓު ސީރީޒެއް ޗާޕު ކޮށްގެން ގެނެސްފި އެެވެ. 

އެމްއެމްއޭއިން ބުނީ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 100 ރުފިޔާގެ ނޫޓުގެ
ސްޓޮކް މަދުވުމުގެ ސަބަބުން މިއަދު އައު ސްޓޮކެއް ވަނީ ގެނެސްފައެވެ. މި ނޫޓަކީ މިހާރުގެ ގަވަރުނަރު އަހުމަދު މުނައްވަރު ސޮޔާއެކު ނެރުނު ފުރަތަމަ ނޫޓު ސީރީޒެވެ. 

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 500ރގެ ނޫޓު ފިޔަވައި ދެން އެންމެ ގިނައިން ސާކިއުލޭޓް ވަމުން ގެންދަނީ 100ރ. ގެ ނޫޓުތަކެވެ. 

100 އާއި 500ރގެ ދައުރުވުން އިތުރު

  •  2022 - 100ރ ގެ 2,846,833 މިލިއަން ނޫޓު | 500ރ. ގެ 6,004,881 މިލިއަން ނޫޓު
  •  2023 - 100ރ. ގެ 2,964,059 މިލިއަން ނޫޓު | 500ރ. ެ 6,612,421 މިލިއަން ނޫޓް
  •  2024 - 100ރ. ގެ 3,114,536 މިލިއަން ނޫޓު | 500ރ. ގެ 6,129,837 މިލިއަން ނޫޓް
  •  2025 - 100ރ. ގެ 3,520,665 މިލިއަން ނޫޓް | 500ރ. ގެ 6,530,068 މިލިއަން ނޫޓް

މިދިޔަ ހަތަރު އަހަރަށް ބަލާއިރު އެންމެ ގިނައިން ސާކިއުލޭޝަންގައި ދައުރުވަމުންދާ 500ރ. 25,277,207 މިލިއަން ގެ ނޫޓު ދައުރުވަމުންދެ އެވެ. އަދި 100ރ. ގެ 12,446,093 މިލިއަން ނޫޓު ސާކިއުލޭޝަންގައި ދައުރުވަމުންދެ އެވެ. 

އާ ނޫޓު ޗާޕު ކުރަން ޖެހޭ ބައެއް ސަބަބުތައް - ނޫޓަކީ އަތުން އަތަށް ގޮސް، ގިނަ ދުވަސްވުމުން ބާވެ، ކުލަ ފަނޑުވެ، ނުވަތަ ވީދޭ އެއްޗެކެވެ. އެހެންވުމުން ނޫޓު ބާވުމުން އޭގައި ހުންނަ ސަލާމަތީ ސިފަތައް ދެނެގަންނަން އުނދަގޫވެއެވެ.
އަދި އޭޓީއެމް ފަދަ މެޝިންތަކުން ބާ ނޫޓު ބަލައެއް ނުގަންނާނެ އެވެ. އެހެންކަމުން، ބާވާ ނޫޓުތައް ނައްތާލައި، އޭގެ ބަދަލުގައި އައު ނޫޓު ބާޒާރަށް ނެރެންޖެހެ އެވެ. އަނެއް ސަބަބަކީ ގައުމެއްގެ އިޤްތިޞާދު ކުރިއަރައި، މުދަލާއި ޚިދުމަތް ގަނެވިއްކުން އިތުރުވުމުން ބާޒާރުގައި ދައުރުވާ ފައިސާގެ މިންވަރު އިތުރުކުރަން ޖެހެ އެވެ. މީހުން ގިނަވާވަރަކަށް ދުވަހުން ދުވަހަށް ކުރާ މުއާމަލާތްތަކަށް ބޭނުންވާ ނަގދު ފައިސާގެ މިންވަރު އިތުރުވެ އެވެ. ނޫޓު ސީރީޒް އަލުން ޗާޕު ކުރަން ޖެހޭ އަނެއް ސަބަބަކީ އިގްތިސޯދުގައި ފުޅާވުމާއެކު ފައިސާގެ ދައުރުވުން އިތުރުވުމެވެ. 

ރަންދިހަ ފަހެއް- ރަންދިޔަ ފަހެއްގެ ނޫޓު ސީރީޒް ނެރެފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެންނެވެ. އެއީ ނެރުނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. މިއީ ދިވެހިރާއްޖޭގެ ފައިސާގެ ތާރީޚުގައި ނެރެވުނު އެންމެ ރީތި އަދި އެންމެ ފެންވަރު ރަނގަޅު އެއް ސީރީޒް އެވެ. މި ނޫޓުތައް އުފައްދާފައިވަނީ ޕޮލިމަރ (ޕްލާސްޓިކްގެ ބާވަތެއް) ބޭނުންކޮށްގެންނެވެ. މީގެ ސަބަބުން ނޫޓު ގިނަ ދުވަހު ހަލާކުނުވެ ހުރެއެވެ. ނޫޓުތަކުގެ ޑިޒައިން ކުރަހާފައިވަނީ ކުޅަދާނަ ކުރެހުންތެރިޔާ ޢަބްދުﷲ ނަޝީދު އެވެ. ކޮންމެ ނޫޓަކުންވެސް ދައްކުވައިދެނީ ދިވެހީންގެ ސަގާފަތް، އިޤްތިޞާދު، ނުވަތަ ރާއްޖޭގެ ގުދުރަތީ ރީތިކަމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.