ފައިސާ ދައުރުވުން 26 ޕަސެންޓް މައްޗަށް | ގިނައީ 500ރ. ، މަަދީ 1،000ރ.

ފައިސާ ދަތުރުވުމަށް ބަލާއިރު އޭޓީއެމް މުހިންމު ދައުރެއް އަދާކުރެ އެވެ. މައުލޫމާތުތަކުން އެނގޭ ގޮތުން ރާއްޖޭގެ ސާކިއުލޭޝަނަށް އިތުރު ނޫޓު ސެޓެއްގެ ބޭނުންތެރިކަން ބޮޑެވެ. ބޮޑަށް ބުރަވެވެނީ 200ރ. ގެ ނޫޓު ސެޓެއް ބާޒާރަށް ބޭނުންވެފައިވުމެވެ.

ރާއްޖޭގެ ފައިސާގައި ބޭނުން ކުރާ ނޫޓުބައި

ރާއްޖޭގެ ބޭންކިން ނިޒާމުގައި ދައުރުވާ ނޫޓުގެ އަދަދު އޭޓީއެމް ބެހެއްޓުމުގެ ސަބަބުން މިވަނީ އިތުރުވެފަ އެވެ. މި ބަދަލާއެކު ބޭންކްތަކަށް ވަދެ ނުކުމެވާ ފައިސާގެ އަދަދު 26 ޕަސެންޓް އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ހިސާބުތަކުން ދައްކާއިރު އެންމެ މަދުން ބޭނުންކުރާ ނޫޓަކީ 1،000ރ. ކަމަށް ދައްކަ އެވެ. 

އެމްއެމްއޭ އިން ލިބިފައިވާ ރަސްމީ މައުލޫމާތުތައް ދައްކާ ގޮތުން 2022 ވަނަ އަހަރު ރާއްޖޭގެ ސާކިއުކޭޝަންގައި ދައުރުވާ ނޫޓުގެ އަދަދު ހުރީ 19,7 ބިލިއަންގަ އެވެ. ނަމަވެސް އޭޓީއެމްތައް ބެހެއްޓުމާއެކު މި އަދަދު ވަނީ 24.4 ބިލިއަންނަށް 2025 ގެ ނޮވެމްބަރު މަހުގެ ނިޔަލަށް އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް 26 ޕަސެންޓުގެ އިތުރުވުމެކެވެ. 

ނޫޓު ދައުރުވުމަށް އައިސްފައިވާ ބަދަލު

  •  2022 - 19,744,229.00
  •  2023 - 21,635,430.00
  •  2024 - 22,646,000.00
  •  2025 - 24,897,555.00
އުކުޅަހު ހުޅުވި އޭޓީއެމް ؛ މިއީ "އިސްލާމިކް ފައިނޭންސް ފަސްޓް" ޕޮލިސީގެ ދަށުން އިސްލާމިކް ބޭންކިން ހިދުމަތަށް އިސްކަން ދީގެން ހުޅުވި ތަނެއް

ސާކިއުލޭޓްވާ ނޫޓުގެ އަދަދަށް އައިސްފައިވާ ބަދަލަށް ބަލާއިރު އެންމެ ގިނަ ބަޔަކު ބޭނުން ކުރަނީ 500 ރުފިޔާގެ ނޫޓުކަން އެނގެ އެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް ބާޒާރުގައި ދައުރުވަނީ 500 ރުފިޔާގެ ނޫޓެވެ. ކޮންމެ އަހަރަކު ވެސް 6 މިލިއަނަށްވުރެ ގިނަ ނޫޓު ދަތުރު ކުރާ ކަމަށް އެނގެ އެވެ. އަދި މި އަދަދު ނަގާފަ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ޑޮމިނޭޝަން ތަކަކީ 5 އެވެ. އަދި 10ރ. އެވެ. މިދިޔަ އަހަރުތަކަށް ބަލާއިރު އެންމެ ގިނައިން 5 ރުފިޔާގެ ނޫޓު ދައުރުކޮށްފައިވަނީ 2022  އެވެ. އެއީ 4.1 މިލިއަން ނޫޓެވެ. އަދި 2025 ވަނަ އަހަރު މި އަދަދު ވަނީ 5.6 މިލިއަން ނޫޓަށް އިތުރުވެފަ އެވެ. އަދި 10 ރުފިޔާ ނޫޓު އެންމެ ގިނައިން ދަތުރުވެފައިވަނީ 2025 ގައި 4.0 މިލިއަން ނޫޓެވެ. އަދި 2022 ގައި 3.1 މިލިއަން ނޫޓު ދަތުރުވެފައިވެ އެވެ. 

4 އަހަރުގެ ޖުމްލަ ސާކިއުލޭޓްވި (ނޫޓުގެ އަދަދުން)

  •  5 ރުފިޔާ - 19,630,872
  •  10 ރުފިޔާ - 14,381,745
  •  20 ރުފިޔާ - 10,688,493
  •  50 ރުފިޔާ - 4,817,489
  •  100 ރުފިޔާ - 12,446,093
  •  500 ރުފިޔާ - 25,277,207
  •  1000 ރުފިޔާ - 1,681,267

މަރުކަޒީ ބޭންކުގެ މައުލޫމާތުތަކުން އެނގޭ ގޮތުން ރާޢްޖޭގައި އަދި އެންމެ މަދުން މީހުން ބޭނުންކުރަނީ 1،000ރ. ގެ ނޫޓެވެ. މިގޮތުން 2022 ވަނަ އަހަރު 209,031 ރުފިޔާގެ ނޫޓު ދަތުރު ކުރި އެވެ. އަދި މި އަދަދު 2023 ވަނަ އަހަރު ވަނީ 193,117 ނޫޓަށް މަދުވެފަ އެވެ. އަދި 2024 ވަނައަހަރު މި އަދަދު ވަނީ 584,711 އަށް އިތުރުވެ އަދި 2025 ގެ ނޮވެމްބަރުގެ ނިޔަލަށް މި އަދަދު 694,408 އިތުރުވެފައިވެ އެވެ. މި ތަފާސް ހިސާބުތަކުން އެނގޭ ގޮތުން 2024 އަދި 2025 ވަނަ އަހަރު 1000 ރުފިޔާގެ ނޫޓު ދައުރުވާ މިންވަރު ގާތްގަނޑަކަށް ތިން ގުނަ އިތުރުވެފަ އެވެ. އެއީ 2 ލައްކައިން 6 ލައްކަ ރުފިޔާ ސާކިއުލޭޝަނަށް އިތުރުވުމެކެވެ. 

200ރ. ގެ އިތުރު ނޫޓެއް ބާޒާރަށް މުހިންމު

ބޮޑު އަދަދުގެ ނޫޓު މިދިޔަ ދެ އަހަރު އިތުރުވުމުގައި ގިނަ ސަބަބުތަކެއް ހިމެނެ އެވެ. މިގޮތުން 1000 ރުފިޔާގެ ނޫޓަކީ އެންމެ މަތީ ޑިނޯމިނޭޝަނަށް ވުމުގެ އެއް ސަބަބަކީ ކޭޝް ނުވަތަ ނަގުދު ފައިސާއިން ހިންގާ ބޮޑެތި މުއާމަލާތްތައް އިތުރުވުމެވެ. އަދި އަނެއް ސަބަބަކީ ތަކެތީގެ އަގު ބޮޑުވަމުންދާ ނަމަ، އާދައިގެ ކަންކަމަށް ކުރަންޖެހޭ ހަރަދުތައް ބޮޑުވުމެވެ. 

100 އާއި 500ރގެ ސާކިއުލޭޝަން

  •  2022 - 100ރ ގެ 2,846,833 މިލިއަން ނޫޓު | 500ރ. ގެ 6,004,881 މިލިއަން ނޫޓު
  •  2023 - 100ރ. ގެ 2,964,059 މިލިއަން ނޫޓު | 500ރ. ެ 6,612,421 މިލިއަން ނޫޓް
  •  2024 - 100ރ. ގެ 3,114,536 މިލިއަން ނޫޓު | 500ރ. ގެ 6,129,837 މިލިއަން ނޫޓް
  •  2025 - 100ރ. ގެ 3,520,665 މިލިއަން ނޫޓް | 500ރ. ގެ 6,530,068 މިލިއަން ނޫޓް

ސާކިއުލޭޓްވާ ނޫޓުތަކަށް ބަލާއިރު ރާއްޖޭގެ ބާޒާރުގެ ނިޒާމަށް މި ވަގުތު 1000ރ. ގެ ނޫޓުގެ ބޭނުން ކުޑަ ކަމަށް ފެނެ އެވެ. އަދި މީގެ ބަދަލުގައި 200ރ. ގެ އާ ނޫޓު ސެޓެއް ނެރުމަކީ މިވަގުތު ބާޒާރަށް މުހިންމުކަމެއް ކަމަށް ދައްކަ އެވެ. ސަބަބަކީ މިދިޔަ ހަތަރު އަހަރަށް ބަލާއިރު އެންމެ ގިނައިން ފެންނަ 100ރ. ގެ ސާކިއުލޭޝަންގައި ދަތުރުވީ އެންމެ 12,446,093 މިލިއަން ނޫޓެވެ. އަދި 500ރ. ގެ 25,277,207 މިލިއަން ގެ ނޫޓު ކަމަށްވުމެވެ. އެހެންވެ އިތުރު ނޫޓެއް މި ދެ ރުފިޔާގެ މެދަށް ނެރުން މުހިންމު ކަމަށް ފެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.