މި އޮޕަރޭޝަނަކީ ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު"ގެ ދަށުން ހިންގާ އޮޕަރޭޝަނެކެވެ. ފުލުހުން އިއްޔެ ވަނީ 10 ތަނެއް ބަލައި ފާސްކޮށް، ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. ހަތަރު މީހުންނަކީވެސް ގއ. ވިލިނގިއްޔަށް ނިސްބަތްވާ މީހުންނެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހުއްޓުވުމަށް އިއްޔެ ގއ. އަތޮޅުގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ދަށުން ހައްޔަރު ކުރި ހަތަރު މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.
މި އޮޕަރޭޝަނަކީ ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު"ގެ ދަށުން ހިންގާ އޮޕަރޭޝަނެކެވެ. އެގޮތުން ފުލުހުން އިއްޔެ ވަނީ 10 ތަނެއް ބަލައި ފާސްކޮށް، ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. ހަތަރު މީހުންނަކީވެސް ގއ. ވިލިނގިއްޔަށް ނިސްބަތްވާ މީހުންނެވެ.
އެއީ ޝެވޯނާ، ޝައްފާހް ލަތީފް 28، އާއި މިޔުޒިކީއާގެ، އަހުމަދު މަދީހު 33، އާއި އައިޒަން، އަހުމަދު އަނާމް އިބްރާހީމް 30، އަދި އަރާއިރުގެ، ނޫރުއްނިޒާމް 35، އެވެ.
ފުލުހުން ރޭ ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ނޫރުއްނިޒާމް 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި ދެން ތިބި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލުތައް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.