މާލެ، ގއ. އޮޕަރޭޝަން: 10 ތަނެއް ބަލާ ފާސްކޮށް، 4 މީހުން ހައްޔަރު

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، މިއަދު ހެނދުނު ފަށާފައިވާ މި އޮޕަރޭޝަނަކީ ފުލުހުން ފަށާފައިވާ "އޮޕަރޭޝަން" އަލިމަގުގެ ދަށުން ކުރާ މަސައްކަތެއް ކަމަށެވެ.

މިއަދު ކުރިއަށްދާ ފުލުހުންގެ އޮޕަރޭޝަންގެ ތެރެއިން ތަނެއް ބަލައި ފާސްކުރަނީ. --ފޮޓޯ: ޕޮލިސް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށް މިއަދު މާލެ އާއި ގއ. އަތޮޅުގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ތަންތަން ބަލައި ފާސްކޮށް، ބަޔަކު ހައްޔަރުކޮށްފި އެވެ. 

އެ އޮޕަރޭޝަނާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް ފުލުހުން ބުނީ، މިހާތަނަށް 10 ތަނެއް ބަލައި ފާސްކޮށް، ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ދީފައެއް ނުވެ އެވެ. 

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، މިއަދު ހެނދުނު ފަށާފައިވާ މި އޮޕަރޭޝަނަކީ ފުލުހުން ފަށާފައިވާ "އޮޕަރޭޝަން" އަލިމަގުގެ ދަށުން ކުރާ މަސައްކަތެއް ކަމަށެވެ.

މިއީ ގއ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.

އަލިމަގު އޮޕަރޭޝަނުގެ ދަށުން މުޅި ރާއްޖެއިން 119 މީހަކު ހައްޔަރުކޮށް، 29.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކުރިން ފުލުހުން ބުނެފައިވެ އެވެ. އޭގެ ތެރެއިން ގދ. އަދި ގއ. އަތޮޅުން 16 މީހަކު ހައްޔަރުކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.