މިފްކޯ ބޮޑު ބަދަލާ ދިމާލަށް | މާލީ ހިސާބު އާއްމުކޮށް ސަރުކާރުގެ ސަބްސިޑީ ކުޑަކުރަނީ

މިފްކޯގެ މިހާރުގެ އަމާޒަކީ އެއްވެސް އެއްޗެއް ނުފޮރުވާ އާއްމު ކުރުމެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން މާލީ ހިސާބުތަށް އާއްމު ކުރަން ފަށަން ވަނީ ނިންމާފަ އެވެ.

މިފްކޯގެ އެމްޑީ އަދި ސީއީއޯ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު -- މިފްކޯ

ސަރުކާރުގެ މަސް ކުންފުނިން، ސަރުކާރުގެ ސަބްސިޑީ އަށް ބަރޯސާވާ މިންވަރު މި އަހަރު ކުޑަ ކުރުމުގެ އަމާޒަށް ދަތުރުކޮށް، މި އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން މާލީ ހިސާބުތައް އާއްމު ކުރަން ފަަށަން ނިންމައިފި އެވެ.


މިފްކޯގެ ސްޓްރެޓިޖިކް ކޮންސެލްޓެންޓް އާތިފު ޝަކޫރު ވިދާޅުވި ގޮތުގައި މިފްކޯ އަށް ސަރުކާރުގެ ބަޖެޓުން އެހީތެރިކަން ދެނީ ކުންފުނި ހިންގުމަކަށް ނޫނެވެ. ސަރުކާރުގެ ބަޖެޓުން ދޭ އެހީތެރިކަމަކީ މަސްވެރިން އަތުން ހެޔޮ އަގުގައި މަސް ގަންނަން ދޫކުރާ ސަބްސިޑީ ފައިސާކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

އޭނާ ވިދާޅުވީ މިފްކޯގެ ހިންގުން ހަރުދަނާކޮށް ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކާއެކު، އެ ކުންފުންޏަށް ސަރުކާރުން ދޭ ސަބްސިޑީގެ މިންވަރު މި އަހަރު ކިލޯއަކުން އެއް ރުފިޔާ ކުޑަ ކުރާނެ އެވެ. އެކަންކުރަން ސަރުކާރާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އާތިފު ވިދާޅުވި އެވެ.

"މިކަން ކުރާނީ ބޭރުގެ ބާޒާރުން ބޮޑު އަގު ހޯދުމާއެކު މިހާރުގެ ޕްލޭންތަކުގެ މައްޗަށް، މަސްވެރި ސިނާއަތުގައި ތިބި އެހެން ކުންފުނިތަކަށް ވެސް އެނގޭނެ މިހާރު މިފްކޯއިން މަސް ގަންނަ އެހެން ސަރައްހަދުތަކަށް ގޮސްގެން އަގު މަތިކޮށްގެން ވެސް މަސް ހޯދާނެކަން،" އާތިިފު ވިދާޅުވި އެވެ.

މިފްކޯގެ ސްޓްރެޓިޖިކް ކޮންސެލްޓެންޓް އާތިފު ޝަކޫރު

އޭނާ ވިދާޅުވީ މިފްކޯއަކީ ދެފުށް ފެންނަ ކުންފުންޏަކަށް ހެދުމުގެ ގޮތުން ފަސްޓް ކުއާޓަރުން ފެށިގެން މާލީ ހިސާބުތަަށް އާއްމު ކުރަން ފަށަން ވެސް ވަނީ ނިންމާފަ އެވެ.

"އެއްވެސް ރެގުލޭޓްރީ ރިކުއާމަންޓެއް އޮވެގެންނެއް ނޫން މިކަން މި ކުރަނީ. ނަމަވެސް ހިސާބުތައް އާއްމު ކުރާނީ. ޕީއެލްސީގެ [ޕަބްލިކް ކުންފުނި[ ކުންފުނިތަކުގެ ހިސާބުތަށް ހުންނަ ގޮތަށް އެ ފޯމެޓުގައި އާއްމު ކުރަމުން ގެންދާ ނަން،" އާތިފު ވިދާޅުވި އެވެ.

މިފްކޯގެ ސީއީއޯ ބްރިގޭޑިއަ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރު ވިދާޅުވީ މިހާރު އެ ކުންފުނީގެ އަމާޒަކީ އެ ކުންފުންޏަކީ ނަޒާހާތްތެރި ކުންފުންޏަކަށް ހެދުމެވެ. މިއީ އެ ކުންފުނީގައި ދިގު މުއްދަތަށް ހިދުމަތްކޮށްފައި ތިބި މީހުންނަށް ޑިޒާވް ކަމެއް ނޫނެވެ.

"މިކަން ކުރަން މިފްކޯގެ މިހާރުގެ ޝިއާރަކީ މިފްކޯ ފޮރުވާނެ އެއްޗެއް ނޯނާނެ އޭ. މި އަހަރު މިފްކޯގެ އާ ވެބްސައިޓް ލޯންޗްކޮށް މިފްކޯގެ މާލީ ހިސާބުކިޔާތުތައް ވެސް ވެބްސައިޓުން ފެންނަން ފަަށާނެ. އަޅުގަނޑުމެން ވެރިންގެ ޑިކްލަރޭޝަންތައް ފެންނަން ހުންނާނެ. ބޭނުންވަނީ ކުންފުނީގެ ނަން ރީތި ކުރުން،" ފަރުހަތު ވިދާޅުވި އެވެ

އޭނާ ވިދާޅުވީ އަނެއް މަސައްކަތަކީ ކުންފުނީގެ މުވައްޒަފުން ހުނަރު ރަނގަޅު ކުރުމާއެކު ދިވެހި މުވައްޒަފުން އުފެއްދުން އަދި މުވައްޒަފުންގެ މޯޓިވޭޓް ކުރުމެވެ.

"އަޅުގަނޑުމެން ސިޔާސަތަކީ އަޑުގަދަ ކުރުމެއް ނޫން. ކުރާ ކަންތައްތަކުން އަޑު ނުކުންނަ ގޮތް ހެދުން،" ފަރުހަތު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.