އެންސްޕާގެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވަނީ، އަންނަ ޖެނުވަރީ އެއްވަނަ ދުވަހުން ފެށިގެން އެކަނިވެރި މައިން / ބަފައިންނަށް ދައުލަތުންދޭ އިނާޔަތް، ހަތަރު ކުދިންނާ ހަމައަށް ކުއްޖަކަށް 3،000ރ. ލިބޭނެ ކަމަށެވެ.

އެކަނިވެރި މައިންނާއި ބަފައިންނަށް މަހަކު 15,000ރ. އާ ހަމައަށް އިނާޔަތް ބޮޑުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
އެންސްޕާގެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވަނީ، އަންނަ ޖެނުވަރީ އެއްވަނަ ދުވަހުން ފެށިގެން އެކަނިވެރި މައިން / ބަފައިންނަށް ދައުލަތުންދޭ އިނާޔަތް، ހަތަރު ކުދިންނާ ހަމައަށް ކުއްޖަކަށް 3،000ރ. ލިބޭނެ ކަމަށެވެ.
ހަތަރު ކުދިންނަށްވުރެ އިތުރުވާނަމަ، އިނާޔަތް ދޭނީ ކުއްޖަކަށް 1،000ރ. ގެ މަގުންނެވެ. ނަމަވެސް ގަވާއިދުގައިވާ ގޮތުން، އެގޮތަށް ފައިސާ ދެވޭނެ އެންމެ މަތީ އަދަދަކީ 15،000ރ. އެވެ. އަދި އަހަރަކު އެކަކަށް އެންމެ ގިނަވެގެން ދެވޭނީ 180،000ރ. އެވެ.
އެކަނިވެރި މައިން / ބަފައިންނަށް މީގެ ކުރިން އިނާޔަތުގެ ގޮތުގައި ދެނީ އެއް ދަރިއަކު ނަމަ މަހަކު 2000ރ. އެވެ. ދެން އިތުރުވާ ކޮންމެ ދަރިއަކަށް 1000ރ. އެވެ. އެކަކަށް އެންމެ ގިނައިން ދެނީ 10,000ރ. އެވެ.
އެކަނި ކުރިން ބަލަހައްޓާ ބެލެނިވެރިންގެ އިނާޔަތް ބޮޑުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ނަމަވެސް އޭރު އެމަނިކުފާނު ވައުދުވެވަޑައިގެންފައި ވަނީ އެންމެ ގިނަވެގެން އެކަކަށް ދެވޭނެ އަދަދަކީ 12،000ރ. ކަމަށެވެ.