"އެހެންވީމަ މި އަންނަ އަހަރު ބަޖެޓު ފާސްވެގެން ދިއުމުން، ޖެނުވަރީ މަހުން ފެށިގެން ސިންގަލް ޕޭރެންޓް އެލަވަންސް، ކޮންމެ ކުއްޖަކަށް 3000 ރުފިޔާއަށް ބޮޑުވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

އަންނަ އަހަރުން ފެށިގެން އެކަނިވެރި މައިންނަށް ދޭ އެލަވަންސް ބޮޑުކޮށް އަދި ތެލަސީމިއާ ކުދިންނަށް އެލަވަންސް ދޭން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެކަން އިއުލާނު ކުރައްވާފައި ވަނީ ލ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގަމަށް ވަޑައިގެން އެރަށު ރައްޔިތުންނަށް ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ. ރައީސް އިއުލާނު ކުރެއްވީ މި އެލަވަންސްތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، 2026 ވަނަ އަހަރުގެ ޖެނުވަރީ މަހުން ފެށިގެން ލިބޭނެ ކަމަށެވެ.
އެގޮތުން؛
"އެހެންވީމަ މި އަންނަ އަހަރު ބަޖެޓު ފާސްވެގެން ދިއުމުން، ޖެނުވަރީ މަހުން ފެށިގެން ސިންގަލް ޕޭރެންޓް އެލަވަންސް، ކޮންމެ ކުއްޖަކަށް 3000 ރުފިޔާއަށް ބޮޑުވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
ތަފާސްހިސާބާއި ހަވާލާދީ ރައީސް ވިދާޅުވީ އެކަނިވެރި މައިންގެ ގޮތުގައި މިހާރު ރަޖިސްޓްރީ ކޮށްފައި ތިބީ 5778 މީހުން ކަމަށެވެ. އެލަވަންސް ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 211 މިލިއަން ރުފިޔާ ހިމަނުއްވާނެ ކަމަށާއި، މިއަހަރު އެކަމަށް ކަނޑައެޅި ބަޖެޓަކީ 78 މިލިއަން ރުފިޔާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން، ތެލަސީމިއާ ކުދިންނަށް އެލަވަންސް ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި 11.7 މިލިއަން ރުފިޔާ ހިމަނުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. މި އެލަވަންސްގެ ސަބަބުން އެކުދިންނަށް މިހާރު ދޭން ޖެހޭ ފަރުވާއަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ތެލަސީމިއާ ކުދިންގެ ގޮތުން މިވަގުތު ރަޖިސްޓްރީ ކޮށްފައި ތިބީ 982 ކުދިންނެވެ.