މަސްވެރިންގެ މުޒާހަރާ: މެންބަރު ޒާކިރު ހިމެނޭހެން ތިން މީހަކު 5 ދުވަހަށް ބަންދު ކޮށްފި

މަސްވެރިންގެ ދުވަސް ކަމަށްވާ، މިދިޔަ ބުދަ ދުވަހުން ފެށިގެން ގިނަ އަދަދެއްގެ މަސް ދޯނިތައް ކަނޑުމަތީގައި މުޒާހަރާކުރީ މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފަށަން ގޮވާލަ އެވެ.

ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާގައި ބައިވެރިވާ ދޯންޏެއް. --ފޮޓޯ: ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން

ބޮޑުކަންނެލި މަސްވެރިންގެ ހައްގުތައް ހޯދައި ދިނުމަށް ގޮވާލައި، ގިނަ އަދަދެއްގެ މަސް ދޯނިތައް މާލޭ ބޭރުގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ތިން މީހުން ފަސް ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މަސްވެރިންގެ ދުވަސް ކަމަށްވާ، މިދިޔަ ބުދަ ދުވަހުން ފެށިގެން ގިނަ އަދަދެއްގެ މަސް ދޯނިތައް ކަނޑުމަތީގައި މުޒާހަރާކުރީ މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފަށަން ގޮވާލަ އެވެ.

އެ މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ހިމެނޭހެން އިއްޔެ ތިން މީހަކު ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ތުހުމަތުގަ އެވެ. އޭގެ އިތުރުން ކަނޑުދަތުރުކުރުމަށް ހުރަސްއެޅުމާއި ކޯސްޓް ގާޑަށް ގެއްލުން ދިނުމުގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ.

މި މުޒާހަރާގެ ތެރެއިން ތިން ދޯންޏެއް އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. މުޒާހަރާ ކުރަމުންދިޔަ ބައެއް ދޯނިތަކަށް ފުލުހުން ފުރަތަމަ އެރީ، އެ މުޒާހަރާގައި ބިދޭސީން ބައިވެރިކުރާކަމުގެ ތުހުމަތުގަ އެވެ.

ފުލުހުން މިރޭ ބުނީ ހިފެހެއްޓި ތިން ދޯނިވެސް ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. އަދި އިހުތިޖާޖުން ހައްޔަރު ކުރި ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މުޒާހަރާގައި ގާތްގަނޑަކަށް 49 ދޯނި ވަނީ ބައިވެރިވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.