މަސްވެރިންގެ މުޒާހަރާގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށް، ދެ ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް

ފުލުހުން މިއަދު ބުނީ، މުޒާހަރާގެ ތެރެއިން ތިން މީހަކު ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ތުހުމަތުގައި ކަމަށެވެ.

ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާގައި ބައިވެރިވާ ދޯންޏެއް. --ފޮޓޯ: ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން

ބޮޑުކަންނެލި މަސްވެރިންގެ ހައްގުތައް ހޯދައި ދިނުމަށް ގޮވާލައި، ގިނަ އަދަދެއްގެ ދޯނިތައް މާލޭ ބޭރުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށް، ދެ ދޯންޏެއް ބެލުމުގެ ދަށަށް ގެންސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިއްޔެއިން ފެށިގެން ގިނަ އަދަދެއްގެ މަސް ދޯނިތައް ކަނޑުމަތީގައި މުޒާހަރާކުރަމުންދަނީ މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފަށަން ގޮވާލަ އެވެ.

ފުލުހުން މިއަދު ބުނީ، މުޒާހަރާގެ ތެރެއިން ތިން މީހަކު ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ތުހުމަތުގައި ކަމަށެވެ.

އަދި ދެ ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏަސް، އެކަން ކުރަންޖެހުނު ސަބަބެއް ފުލުހުން ނުބުނެ އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި، މުޒާހަރާގައި އިސްކޮށް އުޅުއްވާ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ހިމެނޭކަން އެނގިފައި ވެ އެވެ.

މުޒާހަރާ ކުރަމުންދިޔަ ބައެއް ދޯނިތަކަށް ފުލުހުން ފުރަތަމަ އެރީ، އެ މުޒާހަރާގައި ބިދޭސީން ބައިވެރިކުރާކަމުގެ ތުހުމަތުގަ އެވެ. 

ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުގައި 49 ދޯންޏެއްގެ މަސްވެރިން އިހްތިޖާޖު ފެށީ އިއްޔެ ހެނދުނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.