ތެލުގެ ހަރަދު މަތިވެ، ރިޒާވަށް ނުކަތާ ވަރަށް ދިއުމަކީ ގަވަރުނަރުގެ ކަންބޮޑުވުމެއް

ގަވަރުނަރު މުނައްވަރު ވިދާޅުވި ގޮތުގައި ތެޔޮ އެތެރެކުރަން ކުރާ ހަރަދު މަތިވެގެން ދިއުމަކީ ކުރިމަގުގައި ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށްވާނެ އެވެ.

ގަވަރުނަރު އަހުމަދު މުނައްވަރު އަދި އެމްއެމްއޭގެ ޓީމް މަޖިލީހުގައި -- މަޖިލީސް

ދައުލަތުން ތެލަށް ކުރާ ހަރަދު އަހަރުން އަހަރަށް މަތިވަމުން ދިއުމުގެ ސަބަބުން ރިޒާވަށް މެނޭޖުކުރަން ދަތިވުން ގާތް ކަމަށާ މިކަމާމެދު ސީރިއަސްކޮށް ވިސްނަން ޖެހިފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު ވިދާޅުވެއްޖެ އެވެ. 

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ލަފާގެ ރިޕޯޓް މަޖިލީހަށް ހުށަޅަން އިއްޔެ ބޭއްވި ބައްދަލުވުމުގައި ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ މިދިޔަ އަހަރުތަކުގައި ތެލަށް ކުރާ ހަރަދު ކުޑަކުރަން އެނާޖީ ސެކްޓާއަށް ޕްލޭނެއް ހެދިފައި ނެތުމަކީ ކަންބޮޑުވުމެކެވެ. 

"މިސާލަކަށް ޔޫކްރޭން ވޯކްގެ ސަބަބުން ވެސް ތެލުގެ އަގު މަތިވެގެން ދިޔަ. މިހާ ހިސާބަށް ދިޔައިރު ސަރުކާރުތަކުން އެނާޖީ އޭންގަލަކުން ވިސްނާފައެއް ނެތް. ރިޒާވް ބިލްޑް ކުރަން ވާހަކަ ދައްކާއިރު، ވޯލްޑް ބޭންކުން ވެސް މަސައްކަތްކޮށްފަ އޮތީ ތެލުގެ ހަރަދު ރިނިއުބަލް އެނާޖީ [އިޔާދަކުރަނިވި ހަކަތަ] އަށް ބަދަލު ކުރުމަށް،" މުނައްވަރު ވިދާޅުވި އެވެ. 

ފުޑް ސެކިއުރިޓީއެކޭ އެއްގޮތަށް މިކަމާމެދު ވިސްނަން ޖެހޭ

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި މުނައްވަރު ވިދާޅުވީ ފުޑް ސެކިއުރިޓީއެކޭ އެއްގޮތަށް އެނާޖީ ސެކިއުރިޓީއަށް ފިސްނައި ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާކަން ގަވަރުނަރު ފާހަގަ ކުރެއްވި އެެވެ. 

"މިކަމުގައި އެމްއެމްއޭއިން ވިސްނުން އެބަހުރި ސަރުކާރަށް މިކަން ކުރަން ދަތިވާނަމަ އެމްއެމްއޭއިން އިސް ނަގައިގެން ނަމަވެސް ގޮތްކެއް ހޯދަން. އެއް އޮޕްޝަނަކީ އެސްޓީއޯއިން ދުރާލާ އަގުހެޔޮކޮށް ހުންނައިރު ތެޔޮ ގަތުން. ނަމަވެސް ސްޓޯރޭޖް އިތުރު ކުރެވޭނެ މެކޭނިޒަމެއް ނެތް އަދިއެއް. އެހެންވީމަ މިއީ ރިސްކް ސައިޑަށް ބަލާއިރު،" މުނައްވަރު ވިދާޅުވި އެވެ. 

އިކޮނޮމިކް ވިދާޅުވީ ތެލުގެ ހަރަދު މަތިވަމުން ދިއުމާއި ތެލަށް ކުރާ ހަރަދު ކުޑަ ކުރުމަކީ ގައުމީ އެޖެންޑާއެއްގެ ގޮތުގައި ބަލައި ސީރިއަސްކޮށް ވިސްނަން ޖެހިފައިވާ ކަމެއް ކަމަށެވެ.

ގަވަރުނަރު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ބޭނުންތަކަށް ޑޮލަރު ފޯރުކޮށް ދޭން އެމްއެމްއޭއަށް ޑޮލަރު ލިބެނީ ދެ ގޮތަކަށް ކަމަށާ އެއީ މީރާ މެދުވެރިކޮށް ދައުލަަތަށް ޑޮލަރުން ލިބޭ އާމްދަނީ އާއި ފޮރިން އެކްސްޗޭންޖުގެ ގާނޫނުގެ ދަަށުން ބޭންކިން ނިޒާމަށް ޑޮލަރު މާރު ކުރުމުގެ ސަބަބުން ރާއްޖެއަށް ވަންނަ ޑޮލަރެވެ. އަދި ތިންވަނަ ގޮތަކީ ލޯނު އަދި ހިލޭ އެހީން ލިބޭ ބޭރު ފައިސާ އެވެ. ނަމަވެސް މިދިޔަ އަހަރުތަކުން ފެށިގެން މި ބައި ދަށްވަމުން ގޮސްފައިވާކަން ގަވަރުނަރު ފާހަގަ ކުރެއްވި އެވެ.  

"ހަގީގަތުގައި އެމްއެމްއޭ އިން އިންޓަވެންޝަން [އާއްމު ބޭނުންތަކަށް ޑޮލަރު ފޯރުކޮށް ދިނުން] ފަދަ ކަންކަން ކުރަން ބޭނުންވާ ވަރަށް ނުކުރެވޭ. އެކަން ކުރެވިގެންދާނީ ރިޒާވް އިތުރު ވެގެން. މި އަހަރުތެރޭގައި ވެސް ވަރަށް ބޮޑު އަމާޒެއް ގްރޮސް ރިޒާވް އަދި ޔޫޒަބަލް ރިޒާވް ވެސް ވަކި މިންވެއްގައި ހިފެހެއްޓުން. ހިފައްޓަން މަސައްކަތް ކުރާއިރު މި ބަލަނީ މާކެޓަށް އަންނަ ލޮޅުން ކުޑަ ކުރަން އިންޓަވެންޝަން ހިފެހެއްޓުމަށް،" ކުރިން އެމްއެމްއޭގެ އިސް މަގާމުތަކެއް ފުރުއްވި މުނައްވަރު ވިދާޅުވި އެވެ. 

ހިސާބުތައް ދައްކާ ގޮތުން ތެޔޮ އެތެރެ ކުރަން މިދިޔަ 10 އަހަރު ތެރޭ ކުރިހޭދަ އުޅެނީ ފަސް ބިލިއަން ޑޮލަރު ނުވަތަ 88 ބިލިއަން ރުފިޔާގަ އެވެ. 

10 އަހަރު ތެރޭ ތެޔޮ އެތެރެކުރި އަދަދު

  •  2015 - 430.7 މިލިއަން ޑޮލަރު
  •  2016 - 378.1 މިލިއަން ޑޮލަރު
  •  2017 - 514.8 މިލިއަން ޑޮލަރު
  •  2018 - 593.4 މިލިއަން ޑޮލަރު
  •  2019 - 628.2 މިލިއަން ޑޮލަރު
  •  2020 - 390.6 މިލިއަން ޑޮލަރު
  •  2021 - 548.9 މިލިއަން ޑޮލަރު
  •  2022 - 741.5 މިލިއަން ޑޮލަރު
  •  2023 - 817.8 މިލިއަން ޑޮލަރު
  •  2024 - 650 މިލިއަން ޑޮލަރު

މިދިޔަ 10 އަހަރު ތެރޭ ތެލުގެ ސަބްސިޑީއަށް ގާތްގަނޑަކަށް 8.29 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ދައްކަ އެވެ. މިދިޔަ 10 އަހަރުތެރޭ ތެލުގެ ސަބްސިޑީ މަތިވަމުން ދިޔަގޮތަށް ބަލާއިރު 2015 ވަނަ އަހަރު ހަރަދު ހުރީ 400 މިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިދިޔަ ތެލުގެ ސަބްސިޑީ ހުރީ 1.3 ބިލިއަން ރުފިޔާ އަށް ވުރެ މަތީގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.