ސިއްހީ ދާއިރާގެ މަތީ ޝަރަފު އެރުވި އަންވަރުއަކީ އިނގިރޭސިން އައްޑޫގައި މަސައްކަތް ކުރެއްވި ދުވަސްވަރުން ފެށިގެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އަދި މަަޝްހޫރު ވިޔަފާރިވެރިޔާ ޑިމްސް ސޯލިހުއަކީ ރާއްޖޭގެ ވިޔަފާރީގެ މަޝްހޫރު ނަމެކެވެ.

ސިއްހީ ދާއިރާގެ މަތީ ޝަރަފު މޫސާ އަންވަރަށް އަދި ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ސޯލިހު (ޑިމްސް ސޯލިހު) އަށް ސަރުކާރުން އަރުވައިފި އެވެ.
ޖުމްހޫރީ ދުވަސް ފާހަގަ ކުރަން މިހާރު ކުރިއަށް ދާ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސިއްހީ ދާއިރާގެ ހިދުމަތްތެރިޔާ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ އަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު އަރުވާފައިވަނީ މޫސާ އަންވަރު، އާއްމު ނަމުންނަ ތުއްތީދި އެވެ. މުލީގޭ ޝަރަފުގެ އިއްޒަތް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ސޯލިހު (ޑިމްސް ސޯލިހު) އަށެވެ.
އަންވަރުގެ ހިދުމަތާއި ތައާރަފެއް - އަންވަރު ވަނީ އައްޑޫ ގަމުގައި އިނގިރޭސިލް ތިބި ދުވަސްވަރު ރީޖަނަލް އެއާޕޯޓް ހޮސްޕިޓަލުގައި ހިދުމަތް ކުރައްވާފަ އެވެ. އޭރުގެ އުމުރުފުޅަކީ އެންމެ 16 އަހަރެވެ. އޭރު އެފުރުސަތު ލިބިވަޑައިގަތީ އިނގިރޭސި ބަހަށް މޮޅުވީމަ އެވެ. ދައުލަތުގެ ހިދުމަތް ފެއްޓެވީ 1974 ވަނަ އަހަރު މާލެއަށް ބަދަލުވެ އެލައިޑް ސާވިސަސްގެ ޕްރެޓިކަލް ނާސްއެއްގެ މަގާމުންނެވެ.
އެ ދުވަސްވަރު ފެލެލީ ހެލްތް ވޯކަރުންނާއި ސިއްހީ ދާއިރާގެ ގިނަ ފަރާތްތަކަކަށް ތަމްރީންތަކެއް ދެއްވި އެވެ. އޭގެފަހުން ހެލްތް މިނިސްޓްރީގެ އެކި މަގާމުތަކުގައި ހިދުމަތް ކުރެއްވި އެވެ. އަދި ސެންޓްރަލް ހޮސްޕިޓަލުން އައިޖީއެމްއެޗަށް ބަދަލު ކުރުމުގެ މަރުހަލާގައިވެސް ހިދުމަތް ކުރެއްވި އެވެ. އަދި ހޮސްޕިޓަލުގެ މީހުން ތަމްރީން ކުރުމުގައިވެސް މަސައްކަތް ކުރެއްވި އެވެ. ސިއްހީ ދާއިރާއަށް މޫސާ އަންވަރު 40 އަހަރު ހިދުމަތް ކުރެއްވި އެވެ.
ސޯލިހުގެ ހިދުމަތާއި ތައާރަފެއް - އައްޑު އަތޮޅު ހުޅުދުއްއަށް އުފަން މ. ޝުއާސް، މުހައްމަދު ސޯލިހު، އާއްމުނަމުންނަމަ ޑިމްސް ސޯލިހު އަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އަރުވަނީ ވިޔަފާރި އާއި ޓޫރިޒަމަށް އަދި ތިމާވެއްޓާ ރަހުމަތްތެރި ޓޫރިޒަމް ތައާރަފު ކުރެއްވި އެވެ. އަދި އެކި ރޮނގުރޮނގުން ހިލޭ ސާބަކަށް މަސައްކަތް ކުރެއްވި އެވެ.
އައްޑު އަތޮޅުގައި އިނގިރޭސިން ތިއްބެވިރު ރޯޔަލް އެއާފޯސް ބޭސްގައި ހިދުމަތް ކުރެއްވި އެވެ. މިގޮތުން 15 އަހަރު ހިދުމަތް ކުރެއްވުމަށްފަހު 1974 ވަނަ އަހަރު މާލެ ބަދަލުވަޑައިގެން ރަހުމަތްތެރިންނާއެކު ވިޔަފާރިއެއް ފެއްޓެވި އެވެ. ފުރަތަމަ ފެއްޓެވީ ކާގޯ ކްލިއަ ކުރުމުގެ މަސައްކަތެވެ. އޭގެ ފަހުން ކޮންސްޓްކްޝަން މަސައްކަތް ކުރެއްވި އެވެ. އަދި ރާއްޖެ ޗައިނާ މާކެޓުގަ އިސްތިހާރު ކުރަން ފުރަތަމަ ފެއްޓެވީވެސް ސޯލިހުގެ މަސައްކަތުންނެވެ.
ސަރުކާރުގެ ޓޫރިޒަމް ކުންފުނި އެމްޓީޑީސީ އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި އެވެ. އަދި އައްޑު އަތޮޅުގައި ހެރެތެރެ ރިސޯޓް ތަރައްގީ ކުރި އެވެ. މިވަގުތު ހަތަރު ރިސޯޓެއް ހިންގަވަމުން ގެންދެ އެވެ. އަދި ސޯލިހުގެ ދަމާސް ކުންފުންޏަކީ މިހާރު ރާއްޖޭގައި މަޝްހޫރު ކުންފުންޏެކެވެ. އަދި މެޑިކާގެ ނަމުގައި ހޮސްޕިޓަލެއްވެސް ހިންގަމުން ދެ އެވެ.