ހުޅުދު އާއި މީދޫ ވަކި ދެ ރަށެއްގެ ގޮތުގައި ހަމަޖައްސައި، ވަކި ދެ ކައުންސިލް އުފައްދަނީ

މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އައްޑޫ ސިޓީއަށް ވަޑައިގެންނެވުން

އައްޑޫ ސިޓީ ކައުންސިލުން ވަކިވާން، މި މަހު ނެގި ފެންނަ ނުފެންނަ ވޯޓުގައި ގިނަ ރައްޔިތުން ބޭނުންވާ ކަމަށް ނިންމާފައިވާތީ، އައްޑޫ ހުޅުދޫ އާއި މީދޫ ވަކި ދެ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، އެ ދެ ރަށުގެ ވަކި ކައުންސިލެއް އުފައްދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ނިންމަވައިފި އެވެ. 

ރައީސް އޮފީހުން ބުނީ، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމުގައި ކަނޑައަޅައި، "އައްޑޫ ސިޓީ" ގައި ހިމެނޭނީ އައްޑުއަތޮޅު "ހިތަދޫ" އާއި، އައްޑުއަތޮޅު "މަރަދޫ" އާއި، އައްޑުއަތޮޅު "މަރަދޫފޭދޫ" އާއި، އައްޑުއަތޮޅު "ފޭދޫ" ކަމަށާއި، "އައްޑޫ" ގެ އިހްތިސާސް ބައެއްގެ ގޮތުގައި އޮތް "ހުޅުދޫ" އާއި "މީދޫ" އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސްގެ ގަރާރަކުން ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މި އިސްލާހާއެކު، "އައްޑޫ ސިޓީ" އަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ކަނޑައެޅުމަށް ނިންމައި، "އައްޑޫ ސިޓީ" ހިންގުމަށްޓަކައި، "އައްޑޫ ސިޓީ ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އުފެއްދުމަށް ރައީސް ވަނީ ކަނޑައަޅުއްވައިފަ އެވެ. 

މީގެ އިތުރުން، "އައްޑޫ މީދޫ" ހިންގުމަށްޓަކައި، އައްޑުއަތޮޅު / ސ. އައްޑޫ މީދޫ ކައުންސިލް އުފެއްދުމަށާއި، "އައްޑޫ ހުޅުދޫ" ހިންގުމަށް ޓަކައި، އައްޑުއަތޮޅު/ ސ. އައްޑޫ ހުޅުދޫ ކައުންސިލް އުފެއްދުމަށް ވެސް ވަނީ ކަނޑައަޅުއްވައިފަ އެވެ.

މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެންނެވެ. 

އަދި އެ އިންތިހާބުގައި، އަލަށް އުފެދޭ އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ މީދޫ ކައުންސިލާއި، އައްޑޫ ހުޅުދޫ ކައުންސިލަށް މެންބަރުން އިންތިހާބުކުރުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ބޭއްވުމަށް ރައީސް ކަނޑައަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އައްޑޫ ސިޓީން އެ އަތޮޅު ފޭދޫ، މީދޫ އަދި ހުޅުދޫ ވަކިކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި، ފޭދޫން ބޭނުންވީ ސިޓީ ކައުންސިލްގެ ދަށުގައި ތިބުމަށެވެ. ނަމަވެސް، ފޭދޫ އާ ހިލާފަށް، ހުޅުދޫ އާއި މީދޫއިން ވޯޓު ދިނީ އޭގެ ތެރެއިން ކޮންމެ ރަށެއްގައި ވެސް ވަކި ރަށު ކައުންސިލެއް އުފެއްދުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.