ސިޓީ ކައުންސިލުން ވަކިވާން ފޭދޫ ބޭނުމެއް ނުވި، މީދޫ އާއި ހުޅުދޫ ބޭނުންވަނީ ވަކި ކައުންސިލެއް

ފޭދޫގައި ވޯޓު ފޮއްޓެއް ގުނުމުގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ: މިހާރު

އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ފެނޭތޯ ބެލުމަށް ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި، ކައުންސިލުގައި ދެމިއޮންނަން ފޭދޫން ބޭނުންވިއިރު، ސިޓީ ކައުންސިލުން ވަކިވެ، ވަކި ކައުންސިލެއް އުފައްދަން ބޭނުންވާކަމަށް މީދޫ އާއި ހުޅުދޫން ނިންމާފައިވާކަން ވަގުތީ ނަތީޖާއިން ދައްކައިފި އެވެ. 

ފޭދޫގައި ދިރިއުޅޭ މީހުންނަށް އެ ރަށުގައި ބެހެއްޓި ހުރިހާ ފޮއްޓެއްގެ ނަތީޖާ ގުނައި ނިމިފައިވާއިރު، އެ ހުރިހާ ފޮއްޓަކަށް ވޯޓުލީ މީހުން ވެސް ބޭނުންވީ މިހާރެކޭ އެއްގޮތަށް އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ތިބެންކަމަށް ވަގުތީ ނަތީޖާއިން ދައްކަ އެވެ.

ނަމަވެސް، ފޭދޫ އާ ހިލާފަށް، ހުޅުދޫ އާއި މީދޫއިން ވޯޓު ދިނީ އޭގެ ތެރެއިން ކޮންމެ ރަށެއްގައި ވެސް ވަކި ރަށު ކައުންސިލެއް އުފެއްދުމަށެވެ.

ވޯޓުލުން ކުރިއަށް ދިޔައީ އައްޑޫ އާއި މާލޭގަ އެވެ. މާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާފައިވާއިރު، ހުޅުދޫ އާއި މީދޫގައި، ކޮންމެ އަވަށެއްގައި ތިން ފޮށި ބެހެއްޓި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، މިރޭގެ 9:00ގައި މިއަދުގެ ވޯޓުގެ ވަގުތީ ނަތީޖާ އިއުލާނުކުރެވޭނެ އެވެ. 

މިއީ ޖުމްލަ 9,576 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ވޯޓެކެވެ. 

ނަމަވެސް، މި ވޯޓުގައި އާންމުންގެ ތަރުހީބު ކުޑައިރު، އީސީން އަންދާޒާކުރަނީ މި ވޯޓުގައި، ވޯޓުލާން ނުކުމެފައިވަނީ ވޯޓުލެވޭ މީހުންގެ 50 ޕަސެންޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.