އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށްފި

އެމްއެންޑީއެފްގެ އެއާ ކޯ އުފައްދާފައި ވަނީ މާރިޗު 15، 2024 ގައި، ރައީސްގެ ގަރާރަކުންނެވެ. އެ ހިދުމަތް ފެށިއިރު މިދިޔަ އަހަރުގެ ޖެނުވަރީ މަހު ވަނީ ތުރުކީން އަސްކަރީ ޑްރޯން ނުވަތަ އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) ގަނެފަ އެވެ.

ދިވެހި ސިފައިން ބޭނުން ކުރާ ޑްރޯން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް، ހިދުމަތް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު އެގޮތަށް އަންގަވާފައި ވަނީ ގާނޫނުއަސާސީގެ 106 ވަނަ މާއްދާ އާއި ސިފައިންގެ ގާނޫނުގެ ދަށުން ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރާއި އިހުތިޔާރުގެ ދަށުން ކަމަށެވެ.

އެގޮތުން، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށް ޓަކައި ރާއްޖޭގެ ވައިގެ ސަރަހައްދާއި، ހާއްސަ އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުމަށާއި، ރާއްޖޭގެ ސަރަހައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި، 24 ގަޑިއިރު ހުއްޓުމެއްނެތި ވައިގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި އަސްކަރިއްޔާއާ މަތިކުރެވިފައިވާ ޒިންމާއާއި ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި އެ އެއާ ސްޓޭޝަނުގެ ހިދުމަތް ފެށުމަށް އެ ގަރާރުން ވަނީ ދިވެހި ސިފައިންގެ މައްޗަށް އަމުރުކޮށްފަ އެވެ.

އެމްއެންޑީއެފްގެ އެއާ ކޯ އުފައްދާފައި ވަނީ މާރިޗު 15، 2024 ގައި، ރައީސްގެ ގަރާރަކުންނެވެ. އެ ހިދުމަތް ފެށިއިރު މިދިޔަ އަހަރުގެ ޖެނުވަރީ މަހު ވަނީ ތުރުކީން އަސްކަރީ ޑްރޯން ނުވަތަ އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) ގަނެސްފަ އެވެ.

ތިން ޑްރޯނެއް މިހާރު ސިފައިންގެ އެއާ ކޯ ގައި އެބަ އޮތެވެ. މިއީ ރަޝިއާ އިން ޔޫކްރެއިންގައި ކުރި ހަނގުރާމާގައި ސާވޭލަންސް އަދި ހަމަލާ ދިނުމުގައި ވެސް ބޭނުން ކުރާ ތުކުރީގެ ބައިރަކުތާރު މަރުކާގެ ޑްރޯންތަކެކެވެ. ތުރުކީގެ ބައިރަކުތާރު ކުންފުނީގެ މި ޑްރޯންތައް 2015 އިން ފެށިގެން ދަނީ ތުރުކީގެ އަސްކަރިއްޔާގައި ބޭނުން ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.