ސީއީއޯ ދެއްވާ ޔަގީންކަން | ޓީބިލް ގަންނަނީ ބޭންކްއަށް ގެއްލުން ނުވާނެހެން

ސަރުކާރުގެ ޓީބިލް އާއި އިންސްޓްރޫމެންޓްސްގައި އިންވެސްޓް ކުރާ އަދަދަކީ މުޅި ޖުމްލައިގެ ގާތްގަނޑަކަށް %30 އެވެ. މިއީ މިއީ 2018 ގައި ވެސް ހަމަހުރީ މިރޭޝިއޯ އެވެ.

ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު ވާހަކަ ދައްކަވަނީ -- ބީއެމްއެލް

ސަރުކާރުގެ ހަރަދުތައް ފޫބަށްދަން ވިއްކާ ޓްރެޒަރީ ބިލް (ޓީބިލް) އެ ބޭންކުން ގަންނަމުން ދަނީ ގައުމީ ބޭންކްއަށް ގެއްލު ބޭންކުގެ ރިސްކް މެނޭޖްމެންޓް ޕޮލިސީ ހިލާފު ނުވާނެ ގޮތެއްގައި  ކަމަށް ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުން ފާހަގަ ކުރަން މިއަދު ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ސީއީއޯ އަދި އެމްޑީ ޝަރީފު ވިދާޅުވީ ސަރުކާރުގެ ޓްރެޝަރީ ބިލްގައި ބޭންކުން ކޮށްފައިވާ އިންވެސްޓް ކުރަނީ ބައިނަލް އަގުވާމީ ރިސްކް މިންގަޑުތަކާއި އެއްގޮތަށް ކަމަށެވެ.

އޭނާ ވިދާޅުވީ ބޭންކުން ލޯނާއި ފައިނޭންސިން އަދި ސަރުކާރުގެ ޓްރެޝަރީ ބިލްއާއި އަދި އެހެނިހެން އިންވެސްޓްމެންޓްތައް އަދި ރިލޭޓެޑް ޕާޓީ އެކްސްޕޯޝާ އާއި ސިންގަލް ޕާޓީ އެކްސްޕޯޝާ އަދި ލިކުއިޑިޓީ ރޭޝިއޯ ފަދަ މުހިންމު މިންގަޑު ތަކަށް ބަލަ އެވެ.

"ބޭންކުގެ ރިސްކް އެޕެޓައިޓްގައި ހިމަނައި ހަރުދަނާ މިންވަރެއްގައި ތްރެޝްހޯލްޑްތަކާއިއެކު ބޭންކުގެ ބޯޑުން ކަނޑައަޅާ ބޭންކުގެ ރިސްކް މެނޭޖްމެންޓް ޕޮލިސީ އެކުލަވާލާފައިވޭ. އަޅުގަނޑުމެން މި މިންގަޑުތަކާއި ޚިލާފުނުވަން،" ޝަރީފު ވިދާޅުވި އެވެ.

ބޭންކުގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި މިހާރުގެ ސީއީއޯ ޝަރީފު ވިދާޅުވީ ބޭންކުގެ އެކްސެސް ފަންޑަށް އަބަދު ވެސް ޓްރެޝަރީ ބިލްގައި އިންވެސްޓް ކުރާ ކަމަށާ މިގޮތުން ކެޕިޓަލް އިތުރުވާވަރަކުން، ލޯނު ފަދަ ކަންތަކުގައި އިންވެސްޓްކުރުމަށްފަހު އިތުރަށް ހުންނަ ލިކްއިޑިޓީ ޓީބިލްގަ އިންވެސްޓްކުރާ އަދަދު ވެސް އިތުރުވަމުންދާ ކަމަށެވެ.

"އެހެން ނަމަވެސް ބޭންކުގެ ކެޕިޓަލްގެ އިންސައްތައިން އަޅާކިޔާއިރު ޓީބިލްގަ މިއަހަރު ހުރި މިންވަރަކީ 2014 އަދި 2016 ވަނަ އަހަރުގައި ވެސްހުރި މިންވަރުކަން ފާހަގަކޮށްލަން،" ޝަރީފު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ ޓްރެޝަރީބިލާއި އަދި އިސްލާމިކް އިންސްޓްރޫމެންޓްސް ތަކުގައި ބީއެމްއެލް އިން އިންވެސްޓްކޮށްފައިވާ ނިސްބަތަކީ މުޅި ޖުމްލައިގެ ގާތްގަނޑަކަށް 30 ޕަސެންޓެވެ.

" މިއީ 2018 ގައި ވެސް ހަމަހުރީ މިރޭޝިއޯ އެހެންކަމުން ބޭންކުގެ ޑިޕޮޒިޓަރުންނާއި ހިއްސާދާރުންނަށް ޔަގީންކޮށްދެނީ. ބޭންކު ހިންގަމުންދަނީ ހަރުދަނާކަމާއިއެކު އިންޓަނޭޝަނަލް ސްޓޭންޑަޑްސްތަކާއި އެއްގޮތަށްކަން،" ޝަރީފު ވިދާޅުވި އެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓްރެޝަރީ ބިލް (އިސްލާމިކް ސެކިއުރިޓީސް) ގެ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ވިއްކާފައިވާ ޖުމްލަ އަދަދު 8.7 ބިލިއަން ރުފިޔާ އަށް އަރަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.