ވީއައިއޭ އިން ޑޮލަރު ފޭރުނު ހަތަރު މީހުން ހައްޔަރުކޮށް، އެމީހުން ފިލި ލޯންޗު ހޯދައިފި

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ވީއައިއޭގެ އާ ޓާމިނަލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު ބްރީފްކޭހެއް ފޭރުނު މައްސަލައިގައި ހަތަރު މީހުން ހައްޔަރުކޮށް، އެމީހުން ފިލި ލޯންޗު ފުލުހުން ހޯދައިފި އެވެ.

ރޭ ފަތިހު 4:50 ހާއިރު އާ ޓާމިނަލް އަށް ވަންނަ ދޮރުމަތިން މޫނު ފޮރުވައިގެން ތިބި ދެ މީހަކުން ވަނީ ބޭންކުގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ބްރީފްކޭސް ފޭރިގެންފަ އެވެ. ފައިސާ ފޭރުނީ ވަޅިން ބިރުދެއްކުމަށްފަހު އެވެ. 

ފޭރުމަށްފަހު އެ މީހުން ފިލާފައި ވަނީ ލޯންޗެއްގަ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. 

އަދި ކުށްކުރަން ބޭނުންކުރި ލޯންޗު ހޯދިފައިވާކަން ފާހަގަކުރައްވައި، ފުލުހުންގެ މަސައްކަތަށް މިނިސްޓަރު ވަނީ ތައުރީފު ކުރައްވާފަ އެވެ.

އެ ބްރީފްކޭހުގައި ހުރީ ފަސިންޖަރުންނަށް ބޭންކުން ދޫކުރާ ޑޮލަރެވެ. ބްރިފްކޭސް ތެރޭ ލައްކައަކަށް ވުރެ ގިނަ ޑޮލަރު ހުރި ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އެ ފައިސާ ހޯދުނުކަން އަދި ކަށަވަރެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.