ޖޭއެސްސީގެ މެންބަރު ކަމުން ރިޒާ އިސްތިއުފާ ދެއްވައިފި

ރިޒާއަކީ ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް ކަނޑައަޅާފައި ހުންނެވި މެންބަރެވެ. ކޮމިޝަނުގެ ރައީސް ކަމަށް ރިޒާ އިންތިހާބު ކޮށްފައި ވަނީ ޖޫން 12، 2024 ގައެވެ.

މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ --

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ކަމުންނާއި މެންބަރު ކަމުން މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އިސްތިއުފާ ދެއްވައިފި އެވެ.

އެ ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާކަން ބަޔާންކުރައްވައި ރިޒާ ވަނީ މިއަދު ޖޭއެސްސީއަށް ސިޓީ ފޮނުއްވާފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބު ސާފެއް ނުވެ އެވެ.

ރިޒާއަކީ ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް ކަނޑައަޅާފައި ހުންނެވި މެންބަރެވެ. ކޮމިޝަނުގެ ރައީސް ކަމަށް ރިޒާ އިންތިހާބު ކޮށްފައި ވަނީ ޖޫން 12، 2024 ގައެވެ.

ޖޭއެސްސީގެ ނައިބު ރައީސް ކަމުގައި ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް ވަނީ އެކޮމިޝަނުން މިދިޔަ ހަފްތާ އިސްތިއުފާ ދެއްވާފަ އެވެ. އެހެންވެ އެ މަގާމަށް ވަނީ ކޮމިޝަނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ މެންބަރު ޔަޒްމީދު މުހައްމަދު އިންތިހާބުކޮށްފަ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނަކީ އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން އައްޔަންކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، ބަދަލުކުރުމުގެ ޒިންމާ ގާނޫނުއަސާސީން މަތިކޮށްފައިވާ މިނިވަން މުއައްސަސާއެކެވެ.

ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބަލައި، އެފަދަ މައްސަލަތަކުގއި ފަނޑިޔާރުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ފަނޑިޔާރުން މަގާމުން ވަކިކުރަންޖެހޭ ހާލަތްތަކުގައި މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީވެސް ޖޭއެސްސީންނެވެ.

އޭގެ އިތުރަށް އަދުލު އިންސާފު ގާއިމުކުރުމުގެ ކަންކަން ހިންގުމާއި ކޯޓުތަކާ ގުޅޭ އެކި ކަންކަމުގައި ރައީސަށް ލަފާދޭ ކޮމިޝަނަކީވެސް ޖޭއެސްސީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.