ޖޭއެސްސީގެ ރައީސަކަށް އެމްޕީ ރިޒާ

ޖޭއެސްސީން ބަޔާނެއް ނެރެ މިއަދު ބުނީ ކޮމިޝަންގެ ރައީސްގެ މަގާމަށް މެންބަރު ރިޒާ އިންތިހާބު ކޮށްފައިވާ ކަމަށެވެ.

ހުސައިން ރިޒާ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ކަމުގެ މަގާމަށް ހުސެއިން ރިޒާ އިންތިހާބު ކޮށްފި އެވެ.  

ރިޒާ އަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީ އަށް ކަނޑައަޅުއްވާފައިވާ މެންބަރެކެވެ.

ޖޭއެސްސީން ބަޔާނެއް ނެރެ މިއަދު ބުނީ ކޮމިޝަންގެ ރައީސްގެ މަގާމަށް މެންބަރު ރިޒާ އިންތިހާބު ކޮށްފައިވާ ކަމަށެވެ.

މާލެ އަތޮޅު މާފުށީ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި ހުސެއިން ރިޒާ އިންތިހާބުކުރީ މިއަދު އޮތް ޖޭއެސްސީގެ ބައްދަލުވުމުގައި ކަމަށް ވެސް ބުންޏެވެ.

މީގެ ކުރީން ވެސް އެ މަގާމުގައި ހުންނެވީ މަޖިލީހުގެ ފަރާތުން ޖޭއެސްސީގައި އިންނެވި މެންބަރެވެ. ނިމިދިޔަ މަޖިލީހުގައި ޖޭއެސްސީގައި މަޖިލީސް ތަމްސީލު ކުރެއްވީ މެންބަރު ހިސާން ހުސައިންނެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނަކީ އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން އައްޔަންކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، ބަދަލުކުރުމުގެ ޒިންމާ ގާނޫނުއަސާސީން މަތިކޮށްފައިވާ މިނިވަން މުއައްސަސާއެކެވެ.

ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބަލައި، އެފަދަ މައްސަލަތަކުގއި ފަނޑިޔާރުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ފަނޑިޔާރުން މަގާމުން ވަކިކުރަންޖެހޭ ހާލަތްތަކުގައި މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީވެސް ޖޭއެސްސީންނެވެ.
އޭގެ އިތުރަށް އަދުލު އިންސާފު ގާއިމުކުރުމުގެ ކަންކަން ހިންގުމާއި ކޯޓުތަކާ ގުޅޭ އެކި ކަންކަމުގައި ރައީސަށް ލަފާދޭ ކޮމިޝަނަކީވެސް ޖޭއެސްސީއެވެ.

ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބެވުމުގެ ސަބަބުން ޖުޑީޝަރީއަށް ސިޔާސީ ނުފޯޒު ފޯރާކަމަށް އަބަދުވެސް ތުހުމަތުކުރެވޭތީ، ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ނުފޯރާނެ ގޮތަށް ޖޭއެސްސީގެ އެކުލެވުން ބަދަލުކުރުމަކީ ރައީސް ޑރ.މުއިއްޒުގެ ވައުދުފުޅެކެވެ. އަދި އެކަމަށް ބޭނުންވާ އިސްލާހުތައް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.