ޕްރޯއޭސީގެ އެލްޖީ ޝޯރޫމް، ދަ އެޕްލަޔަންޓް ސްޓޯ ހުޅުވައިިފި

ހުޅުމާލޭ ހިތިގަސްމަގު، ރޯހައުސް ތިރީގައި ހުޅުވި ދަ އެޕްލަޔަންޓް ސްޓޯވް ބައި ޕްރޯއޭސީއަކީ ކޮރެއާގެ ޓެކްނޮލޮޖީން ފުރިހަމަކޮށްފައިވާ އޭސީ އާއި އޭސީއާ ގުޅުންހުރި ހިދުމަތްތައް ލިބެން ހުރެ އެވެ.

ޕްރޯއޭސީ ޝޯރޫމް ހުޅުވަން ބޭއްވި ރަސްމިއްޔާތު -- ޕްރޯއޭސީ

ރާއްޖޭގައި އެންމެ ފެންވަރު ރަނގަޅުކޮށް އެއާ ކޮންޑިޝަންގެ ހިދުމަތްދޭ އެއް ކުންފުނި ކަމަށްވާ ޕްރޯއޭސީ އިން ކޮރެއާގެ އެލްޖީ އޭސީގެ އުފެއްދުންތައް ވިއްކަން ހާއްސަ ޝޯރޫމެއް ހުޅުވައިފި އެވެ. 

ހުޅުމާލޭ ހިތިގަސްމަގު، ރޯހައުސް ތިރީގައި ހުޅުވި ދަ އެޕްލަޔަންޓް ސްޓޯވް ބައި ޕްރޯއޭސީއަކީ ކޮރެއާގެ ޓެކްނޮލޮޖީން ފުރިހަމަކޮށްފައިވާ އޭސީ އާއި އޭސީއާ ގުޅުންހުރި ހިދުމަތްތައް ދޭން މި ޝޯރޫމް ހުޅުއްވައި ދެއްވީ އެލްޖީ ސްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޖީއެމް ކެއިތް ޗުންގް އެވެ. 

މި ހަފުލާގައި ވާހަކަ ދައްކަވަމުން އެލްޖީ ވައިސް ޕްރެސިޑެންޓް ވިދާޅުވި ގޮތުގައި ޕްރޯއޭސީއަކީ މިފަދަ ކަމެއްގައި މަސައްކަތް ކުރަން އެންމެ ފުރިމަމަ ޕާޓްނަރު ކަމަށާ، މި ކުންފުނީގެ ޝޯރޫމުން ފެނިގެން ދާނީ އެލްޖީގެ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. މި އިވެންޓަށްފަހު އޮތް ނިއުސް ކޮންފަރެންސުގައި އިތުރަށް ވިދާޅުވި ގޮތުގައި އެލްޖީގެ އިތުރު ރޭންޖްތައް ވެސް ކުރިމަގުގައި ފެނިގެންދާނެ ކަމަށާ މި އުފެއްދުންތަކީ ސްމާޓް ލިިވން އަށް ހާއްސަކޮށް ތައާރަފުކޮށްފައިވާ އުފެއްދުން ތަކެއް ކަމަށެވެ.

ޕްރޯއޭސީ ޝޯރޫމް ހުޅުވަން ބޭއްވި ރަސްމިއްޔާތު -- ޕްރޯއޭސީ

"ޕްރޯއޭސީއާއެކު މަސައްކަތް ކުރަން ލިބުމަކީ ލިބިގެންދާ ފަހުރެއް. މިއީ ފުރިހަމަ ބައިވެރިއެއް. އެލްޖީގެ މި ޓެކްނޮލޮޖީ ފަރުމާކޮށްފައިވަނީ ތިމާވެއްޓާ ރަހުމަތްތެރިކޮށް. މިއީ ރާއްޖޭގެ ތިމާވެއްޓާ އެކަށޭނެ ގޮތަށް ފަރުމާކޮށްފައިވާ އުފެއްދުން ތަކެއް،" ކެއިތް ވިދާޅުވި އެވެ. 

އެލްޖީ އޭސީތަކުގެ ހާއްސަ ސިފަތައް

  •  ކަރަންޓް ހަރަދު 50 ކުޑަކޮށްދޭ
  •  ބޭނުން ކުރެވޭ އުމުރު އަންދާޒާ ކުރެވޭ މިންވަރު 15-10 އަހަރު
  •  އެއް އައުޓްޑޯ ޔުނިޓުން ގިނަ އޭސީތަކެއް އޮޕަރޭޓް ކުރެވޭ
  •  އެއް އައުޓްޑޯ ޔުނިޓުގެ ސަބަބުން ކުޑަ ޖާގައެއް ބޭނުންވެ މެއިންޓަނަސް ކުޑަކޮށްދޭ
  •  އެލްޖީގެ ސްމާޓް ކޮންޓްރޯލް ނިޒާމު (ބީއެމްއެލް ނިޒާމު) ހިމަނާފައިވޭ
  •  ފަސް އަހަރުގެ ރިޕްލޭސް ވޮރަންޓީ ލިބޭ
  •  ތިން އަހަރުގެ ސާވިސް ވޮރަންޓީ
  •  ތަފާތު ގިނަ ޑިޒައިންތަކެއް ހުރޭ

ޕްރޯއޭސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޖާހު މި ދަތުރު މި ހިސާބަށް ޕްރޯއޭސީ ކުންފުނި ދަތުރުކުރީ އެ ކުންފުނީގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާގެ ހިތްވަރުން ކަމަށާ، އެ ކަމަށްޓަކައި ނަޖާ ވަނީ ޕްރޯ އޭސީ އާއިލާ އަށް ޝުކުރު އަދާކޮށްފަ އެވެ. 

ޕްރޯއޭސީ ޝޯރޫމް ހުޅުވަން ބޭއްވި ރަސްމިއްޔާތު -- ޕްރޯއޭސީ

"މިއަދު ތިމާ މިތިބީ އެންމެ ގާތް މީހުން. މި ކުންފުންޏަކީ ގްރައުންޑުން ފެށިގެން ކުރި މަސައްކަތް. މިކަމުގައި ހުރިހާ ސްޓާފުންގެ އެހީތެރިކަން ބޮޑު. ހާއްސަކޮށް ސުރޭ އާއި ވާސިފްއަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރެއްވި ދެ ފަރާތް،" ނަޖާހު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.