ޕްރޯއޭސީން އެލްޖީ ބްރޭންޑުގެ އޭސީތަކެއް | ހުރިހާ އޭސީއަކަށް އެންމެ އައުޓްޑޯ ޔުނިޓެއް، ދަބަރެއް ނުޖަހާނެ

މިއީ އެއް އައުޓްޑޯ ޔުނިޓަކުން ގިނަ އޭސީތަކެއް އުޅާލެވޭ ސިސްޓަމެކެވެ. އެލްޖީ އޭސީގެ މިނީވީއާރުއެފްގެ ސަބަބުން ކަރަންޓު ހަރަދު %50 ކަރަންޓު ހަރަދު ކުޑަކޮށްދެ އެވެ. އަދި މި ފަރުމާކޮށްފައިވަނީ ދަބަރު ނުޖަހާނެ ކޯޓިންއެއް ހިމަނައިގެންނެވެ.

ޕްރޯއޭސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޖާހު އާއި އެލްޖީގެ ސިންގަޕޫރުގެ އެސިސްޓަންޓް ޑިރެކްޓަރު ޑެނިސް އޭސީ ތައާރަފުކޮށްދެނީ -- ޕްރޯއޭސީ

ރާއްޖޭގައި ހުރި ގިނަ އެއާ ކޮންޑިޝަންތަކަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ހަރުކުރާތާ މަހެއް ނުވަނީސް ދަބަރަށް ވުމެވެ. އައުޓްޑޯ ޔުނިޓުގައި ދަބަރު ޖެހުމެވެ. ދެން ދިމާވާ އެންމެ ބޮޑި މައްސަލައަކީ އޭސީ ހަރުކުރަން ގިނަ އަދަދެއްގެ އައުޑްޑޯ ޔުނިޓުތަކެއް ބޭނުން ކުރަން ޖެހުމެވެ. މި މައްސަލަތަކަށް ހައްލު މި ގެނެސްދިނީ ދިވެހި ކުންފުންޏެއް ކަމަށްވާ ޕްރޯއޭސީ އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުންނެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށް ދާ މޯލްޑިވްސް ލިވިން އެކްސްޕޯގައި ޕްރޯއޭސީ ކުންފުންޏާއި ކޮރެއާގެ އެލްޖީ ކުންފުންޏާ ގުޅިގެން ރާއްޖެއަށް ތައާރަފު ކުރި އޭސީތައް ވެގެންދަނީ އޭސީ ހަރުކުރުމަށްފަހު ކުރިމަތިވާ ބޮޑެތި މައްސަލަތަކުގެ ހައްލަށެވެ. 

މި އޭސީތައް ތައާރަފްކޮށްދެއްވީ ޕްރޯއޭސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޖާހު އާއި އެލްޖީގެ ސިންގަޕޫރުގެ އެސިސްޓަންޓް ޑިރެކްޓަރު ޑެނިސް ޓޭން އެވެ.

ޕްރޯއޭސީ އިން ތައާރަފު ކުރި އޭސީތައް ރާއްޖެ އަށް ތައާރަފު ކުރަން ބޭއްވި ރަސްމިއްޔާތުގައި ޓޭން ވިދާޅުވީ އެލްޖީއޭ އިން ޕްރޯއޭސީއާއެކު ރާއްޖޭގެ ބިޒްނަސް ތަކަށް ބޭނުންވާ ފިނި ކުރުމުގެ ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާތާ ގިނަ ދުވަސްތަކަށްފަހު އާއްމުންނަށް ފޯރުކޮށްދޭން ފެށި މި ހިދުމަތްތަކާއެކު ވެސް ބަދަލެއް އަންނާނެ ކަަމަށެވެ. 

"މި މިނީ ވީއާރު އޭސީތަކުގެ ސަބަބުން ކަރަންޓު ހަރަދު ކުޑަވެގެންދޭ. މީގެ އިތުރުން އާއްމު ގޭބިސީތަކަށް ލިބިގެންދާނެ އެންމެ ބޮޑު އަނެއް ހިތްހަމަ ޖެހުމަކީ ޕްރޯއޭސީ އާއި ގުޅިގެން އެލްޖީއޭއިން މި އުފެއްދުންތަކަށް ފަސް އަހަރުގެ ވޮރަންޓީ ދިނުން،" ޓޭން ވިދާޅުވި އެވެ. 

ގޭގައި ހަރުކޮށްލަން އޭސީގެ ތަފާތު ޑިޒައިންތަކެއް

ޕްރޯއޭސީ އިން ތައާރަފު ކުރި އޭސީތަކުގެ ތެރޭގައި އޭސީގެ ޑިޒައިނަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައިވާ އުފެއްދުންތަކެއް ވެސް ހިމެނެ އެވެ. މިގޮތުން ސިޓިން ރޫމްފަދަ ތަންތަނުގައި ބަހައްޓަން ހާއްސަ ވަށް އޭސީއެއް ވެސް ހިމެނެ އެވެ. މީގެ އިތުރުން ތައާރަފުކުރި އެއް އޭސީގެ ފިލްޓަރު ނައްޓަލް ހަރުގަނޑުން އެރުން ފަދަ އުނދަގުލުން ދުރުކޮށްދޭ ޓެކްނޮލޮޖީ ހިމަނާފައިވެ އެވެ. މި އޭސީގައި ހިމެނޭ ރިޕޯޓް ކޮންޓްރޯލް ބޭނުންކޮށްގެން އާއްމުކޮށް ސާފު ކުރަން ޖެހޭ ފިލްޓަރު ތިރިކޮށްލަދެ އެވެ. އެހެންވެ ހަރުގަނޑު ބަހައްޓައިގެން މައްޗަށް އެރުމުގެ އުނދަގުލުން ސަލާމަތްކޮށްދެ އެވެ. 

މި ހަފުލާގައި ނަޖާހު ވިދާޅުވީ މި ސިސްޓަމް ފަރުމާކުރީ އެ ކުންފުނިން ކޮމާޝަލް މަސައްކަތްތަކުގައި ބޭނުންކުރި ސިސްޓަމްތައް، އާއްމު ގޭބިސީތަކުގައި ހަރުކުރަން ޓެކްސް ކުރުމަށްފަހު ކަމަށެވެ. 

"މި ސިސްޓަމްތަކުން ޓްރެޑިޝަނަލް [މިހާރު މާކެޓުގައި ހުރި] އޭސީތަކަށްވުރެ 50 ޕަސެންޓް ކަރަންޓް ހަރަދު ކުޑަކޮށްދޭ. ރާއްޖޭގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދަބަރުގެ މައްސަލަ. މި އޭސީތަކުގައި ހުންނާނެ ސްޕެޝަލް ކޯޓިންއެއް. އަޅުގަނޑުމެން ވާނީ ރާއްޖޭގެ އެކި ހޮސްޕިޓަލްތަކާއި ރިސޯޓުތަކުގައި މި ސިސްޓަމްތައް ބަހައްޓާފައި. އެ ސިސްޓަމްތަކުގެ ކާމިޔާބީއަށް ބަލައި މި ސިސްޓަމް ކަސްޓަމައިޒްކޮށްފައި ވާނީ،" ނަޖާހު ވިދާޅުވި އެވެ. 

އެލްޖީ އޭސީތަކުގެ ހާއްސަ ސިފަތައް

  •  ކަރަންޓް ހަރަދު 50 ކުޑަކޮށްދޭ
  •  ބޭނުން ކުރެވޭ އުމުރު އަންދާޒާ ކުރެވޭ މިންވަރު 15-10 އަހަރު
  •  އެއް އައުޓްޑޯ ޔުނިޓުން ގިނަ އޭސީތަކެއް އޮޕަރޭޓް ކުރެވޭ
  •  އެއް އައުޓްޑޯ ޔުނިޓުގެ ސަބަބުން ކުޑަ ޖާގައެއް ބޭނުންވެ މެއިންޓަނަސް ކުޑަކޮށްދޭ
  •  އެލްޖީގެ ސްމާޓް ކޮންޓްރޯލް ނިޒާމު (ބީއެމްއެލް ނިޒާމު) ހިމަނާފައިވޭ
  •  ފަސް އަހަރުގެ ރިޕްލޭސް ވޮރަންޓީ ލިބޭ
  •  ތިން އަހަރުގެ ސާވިސް ވޮރަންޓީ
  •  ތަފާތު ގިނަ ޑިޒައިންތަކެއް ހުރޭ

އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އެންމެ ބޮޑު ތަފާތަކީ ހިދުމަތުގެ ފެންވަރު ކަމަށާ ކުރު މުއްދަތެއްގެ ތެރޭގައި ވިޔަފާރިތަކުގެ އިތުބާރު ލިބުމުގައި މުވައްޒަފުންގެ ބުރަ މަސައްކަތް ހިމެނެ އެވެ. 

"މި އޭސީތަކުގެ ސަަބަބުން ފެން ފޭބުމުގެ މައްސަލަ ހައްލު ވެގެންދޭ. އަޅުގަނޑުމެން އޭސީ ހަރު ކުރުމުގެ ކުރިން އެ ގެއަކަށް ގޮސް ހިލޭ ސާވޭކޮށް ދީފަ ކަލްކިއުލޭޝަންތައް ހަދާފަ އެންމެ ރަނގަޅު އޭސީއެއް ހަރު ކުރާނީ،" ނަޖާހު ވިދާޅުވި އެވެ. 

ޕްރޯއޭސީ - ޕްރޯއޭސީއަކީ 2018 ވަނަ އަހަރު އުފަންވި ކުންފުންޏެވެ. އަދި އެއާކޮންޑިޝަން ފުލް ސޮލިއުޝަން ދިނުމުގައި ރާއްޖޭގައި މިހާރު އެންމެ އިތުބާރު ހިފޭ އެއް ކުންފުންޏެވެ. މިއީ އޭސީ ސޮލިއުޝަން ދިނުމުން އައިއެސްއޯ 9001 ސެޓްފިކެޓް ލިބިފައިވާ ހަމައެކަނި ކުންފުންޏެވެ. މި ސެޓްފިކެޓް ދީފައިވަނީ އެ ކުންފުނީގެ ހިދުމަތުގެ ފެންވަރަށް ބަލާފަ އެވެ. މިހާތަނަށް ޕްރޯއޭސީއިން 72 ޕްރޮޖެކްޓެއް ކާމިޔާބު ކަމާއެކު ނިންމާލާފައިވެ އެވެ. މި ޕްރޮޖެކްޓްތަކުގެ ތެރޭގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އިތުރުން 22 ހޮސްޕިޓަލަކާއި 19 އޮފީސް ބިލްޑިންގްއެއް އަދި ދެ އެއާޕޯޓެއްގެ އިތުރުން ނުވަ ރިސޯޓެއްގެ އިތުރުން ގިނަ އަދަދެއްގެ ގޭބިސީތަކާއި ހައިއެންޑް ރެސިޑެންސް ބިލްޑިންގް މަޝްރޫއުތަކުގެ އިތުރުން ރެސްޓޯރެންޓްތަކާއި ބޮޑެތި ވިޔަފާރިތައް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.